2023 ވަނަ އަހަރުގެ ނިޔަލަށް އައްޑޫ ސިޓީގައި 10 މެގަ ވޮޓްގެ ފްލޯޓިންގ ސޯލަރ އިންސްޓޯލްކޮށް ނިމޭނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށްގެންދާ ސޯލަރ މަޝްރޫއު ވެގެންދާނީ މުޅި ރާއްޖޭގެ ޙަކަތައިގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވާނެފަދަ މަޝްރޫޢަކަށް ކަމަށެވެ.
ޝައުނާ ވިދާޅުވީ އިރުގެ އަލިން އުފައްދާ ހަކަތަ ރައްކާކުރުމަށް ބޭނުންވާ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރާނެ ބިން ރަށްރަށުގައި ނެތުމަކީ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން އާ ޓެކްނޮލޮޖީއެއް ތަޢާރަފްކޮށް ކަނޑާއި ވިލުތަކުގައި ފްލޯޓިންގ ސޯލަރ ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ މިމަޝްރޫޢުގެ ދަށުން 2023ގެ ނިޔަލަށް އައްޑޫ ސިޓީގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލަރ ޤާއިމުކޮށް ނިމޭނެކަމަށެވެ. އަދި މިމަޝްރޫއު ވެގެންދާނީ މުޅި ދުނިޔޭގައި އޮތް އެންމެ ބޮޑު ފްލޯޓިންގ ސޯލަރ އިންސްޓޮލޭޝަނަށްކަމަށް ވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
މިމަޝްރޫޢު ކުރިއަށްގެންދިޔުމަށްޓަކާ އެކުލަވާލަންޖެހޭ ހަކަތައިގެ ޤާނޫނު އެކުލަވާލާފައި ވާއިރު ވިޔަފާރި އުސޫލުން ހަކަތަ ގަތުމަށް ބޭނުންވާ އުސޫލުވެސް މިހާރުވަނީ އެކުލަވާލާފައެވެ. ހަމައެއާއެކު މިހާރު ހުރި ގަވާއިދުތަކަށް ގެންނަޖެހޭ ބަދަލު މިހާރު ގެނެސްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު