އެންމެންނަށް ދެމެހެއްޓެނިވި، ރައްކާތެރި، ހަމަހަމަ މުސްތަޤްބަލެއް ހޯދުމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރުމުގެ މަގުޗާޓެއް ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަތީ ފަންތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން "ޑެލިވަރިންގ ކްލައިމެޓް އެކްޝަން – ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" ގެ ނަމުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ނ.ޢ.ޢ.ވ ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދު، އިސްނަންގަވައިގެން ހިންގެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ތެރެއިން ބޯކޮށް ވާރޭވެހުމާއި، ޖަންގަލިތަކުގައި ރޯވުން ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ނޭދެވޭ އަސަރުތައް ހުރިހާ ޤައުމަކަށްވެސް ކުރާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިހުގެ ވާހަކަފުޅުގައި މިހުރިހާ ގެއްލުމެއްގެ ސަބަބުން ހޫނުމިން މައްޗަށް ދަނީ 1.1 ޑިގްރީއަށްކަން ފާހަގަކުރައްވައި އެއީ މިއަދު ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތުކަމުގައި ވިޔަސް އެކަން މާދަމާ ވާނީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ޙާލަތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ހުރިހާ ޤައުމަކުންވެސް "ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން" (އެން.ޑީ.ސީ) ނުވަތަ ގައުމީ ނިސްބަތުން ޖައްވަށްގެއްލުންވާފަދަ ގޭސް އުފައްދާ މިންވަރު ދަށްކުރުމުގައި އިންޤިލާބީ ބަދަލެއް ގެނެސް، މީހުން ދުނިޔޭގައި ދިރިއުޅުމަށް އެކަށީގެންވާ އެންމެ ރަނގަޅު މިންވަރެއްގެ ގޮތުގައި ބަޔާންކުރާ ހޫނުމިންކަމުގައިވާ 1.5 ޑިޤްރީއަށް ވުރެ މައްޗަށް ހޫނުމިން ދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޖަލްސާއިންނާއި، ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސުންނާއި އަދި ކުރިއަށް އޮތް ޖީ-20 ގެ ބައްދަލުވުމުން މުޅި ދުނިޔެ ގުޅިގެން ދުނިޔޭގެ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި ހަޤީގަތުގައި ބޭނުންވަނީ ބޮޑެތި އިޤްތިޞާދުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ބޭރުކުރާ މިންވަރު މަދުކުރުމަށް ގަދައަޅައި މަސައްކަތްކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމައެއާއެކު ގެއްލުން ކުޑަކުރުމަށްކުރާ މަސައްކަތަކީ ހަމައެކަނި ކުރިމަތިވާ ކަންބޮޑުވުންތަކުގެ ދެބައިކުޅަ އެއްބައިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ހުރިހާ ޤައުމަކުން އެއްބައިވެގެން މަސައްކަތްކުރުމަށް ބާރުއަޅުއްވައި، ރައީސުލްޖުމްހުރިއްޔާ ވަނީ 2030 އާ ހަމައަށް އަންނައިރު ރާއްޖެއިން ނެޓް ޒީރޯ ޙާޞިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު ޙާޞިލުކުރެވިދާނެ ލަނޑުދަނޑިއެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ސަބަބުންނާއި، އެހެނިހެން ސަބަބުތަކާއި ހުރެ ކުދި ޤައުމުތަކަށް ކުރިއަށްދިއުމަށް އުނދަޤޫތަކެއް ހުރިކަން ފާހަގަކުރައްވާ އެހެން ޤައުމުތަކުން އެހީތެރިވުމަށް ބާރުއަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، އެމަނިކުފާނު ވަނީ 76 ވަނަ ޔޫ.އެން.ޖީ.އޭ އަށް ދިވެހި ކުޑަކުދިން ފޮނުވާފައިވާ ސިޓީތަކުގައި ލިޔެފައިވާ "އެކުދިންގެ ތިމާވެށި އަންނަން އޮތް ޖީލަށް ރައްކާތެރިކޮށްދިނުމަށް" އެދި ލިޔެފައިވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިއަދުގެ ޒުވާނުންނާއި އަންނަން އޮތް ޖީލު އެދޭގޮތަށް ދުޅަހެޔޮ، ދެމެހެއްޓެނިވި އަދި ފާގަތި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅުއްވާފައެވެ.
"ޑެލިވަރިންގ ކްލައިމެޓް އެކްޝަން – ފޮރ ޕީޕަލް ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" ގެ ނަމުގައި ބޭއްވި މަތީފަންތީގެ މިބައްދަލުވުން އަމާޒުކޮށްފައިވަނީ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް މިހާރު އަދި ބޭނުންވާ ފަންނީ އަދި މާލީ ފަރަގު ފޫބެއްދޭނީ ކިހިނެއްތޯ ބެލުމަށެވެ. މި ހައިބްރިޑް މީޓިންގގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް އެއްފަހަރާ ފިޔަވަޅު އަޅައި އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކުރެވޭނެ އެންމެ ރަނގަޅުގޮތް ދެއްކުމެވެ.

ކިޔުންތެރިންގެ ހިޔާލު