ހައްދުންމަތި ގަމު ލިންކު ރޯޑުގައި ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނުވެގެންގޮސް، ފުރޮޅާލައިފިއެވެ.
ފުލުހުން ބުނީ ވެހިކަލް ފުރޮޅާލުމާއި ގުޅިގެން އަނިޔާވި ފުލުހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި ކާރު ފޮރޮޅާލިއިރު އެ ކާރުގައި އިނީ ދުއްވަން އިން ފުލުސް މީހާ އެކަނި ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ނުބުނެއެވެ. އަދި ފުލުސް މީހާއަށް ލިބުނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއްވެސް ނޭނގެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ކާރު އެކްސިޑެންޓުވީ ލިންކު ރޯޑުގައި އޮންނަ ބޮޑު ގުދަކާއި ދިމާއިންނެވެ. އެގޮތުން އެއީ މީގެކުރިންވެސް އެކްސިޑެންޓުތަކެއް ހިނގާފައި ހުރި ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުގައި އޮތްއިރު އޮތީ ކާރު އަނެއް ފުށަށް ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު