ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަޝްވަރާތައްކުރަނީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެކަމަށް އެދެމުންދާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިމޭރުމުން މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި ގާނޫނު އަސާސީ އިސްލާހު ކުރުމާމެދު މަޝްވަރާކުރައްވާފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވީ އެކިއެކި ފަރާތްތަކުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެދި މަޖިލީހުގެ އިދާރާއަށް ހުށަހަޅަމުންދާތީކަމަށެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށްވެސް ހުށަހެޅުމެއް އެބަ އޮތްކަމަށް މަޖިލިސް ރައީސް، ނަޝީދު ވިދާޅުވިއެވެ.
ރައިސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތްކުރާނަމަ އެންމެ ބުއްދިވެރި ގޮތަކީ ހުރިހާ ޕާޓީތަކެއް ގުޅިގެން އެމަސައްކަތް ކުރުންކަމަށެވެ. އަދި އެއީ އެމަސައްކަތުން ހުރިހާ ރައްޔިތުންނަށް ފައިދާވާނެ ގޮތެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ވާހަކަ ރައީސް ނަޝީދު ދެއްކެވި ނަމަވެސް އެކަމަށް ތާއީދުކޮށް އިތުރު އެއްވެސް ސިޔާސީ ލީޑަރަކު ވާހަކައެއް ނުދައްކައެވެ. ގިނަ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ވާހަކަ ރައީސް ނަޝީދު ދައްކަވަނީ އަމިއްލަ ބޭނުންފުޅެއްގައެވެ. އެއީ ބަރުލަމާނީ ނިޒާމަކަށް ރައްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމެވެ. އެމަނިކުފާނު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެކަން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ހުށައަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު