މިދިޔަ އޮގަސްޓްމަހު މާލެ އަތޮޅު ރަސްފަރި ފަރަށް އެރި ބޯޓު ބިލިއަނެއްހާ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް، ބޯޓު ރަސްފަރި ފަރަށް އަރާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ. އެ ބޯޓް ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނަސަންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ.
އީޕީއޭއިން މިއަދު ބުނީ އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލަކީ 893،736،800 ރުފިޔާ ކަމަށް އީޕީއޭއިން ކަނޑައަޅާފައި ވީނަމަވެސް، ފަރަށް ލިބޭ ގެއްލުމަށް 100 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ޖޫރިމަނާ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަދުކަމަށްވާ 100 މިލިއަން ރުފިޔާ 30 ދުވަސް ތެރޭގައި ދައްކައި ހަލާސްކުރުމަށް ބޯޓުގެ ވެރި ފަރާތަށް ވަނީ އަންގައިފައެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން އިންޖީން ނިއްވާލުމުން ބޯޓު އޮޔާގޮސްގެންނެވެ. ނަމަވެސް ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އޮތްކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު