ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމަށް އެކޮމިޝަނުގެ މެމްބަރު މަރިޔަމް މުނާ އަދި ނާއިބް ރައީސްކަމަށް އެކޮމިޝަނުގެ މެމްބަރު ޑރ. އަދުހަމް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި މި ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރެއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައި ވަނީ ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން އެޗްއާރުސީއެމްގެ ރައީސްކަމަށް މުނާ އައްޔަން ކުރުމަށް ވޯޓު ދިނީ 47 މެމްބަރުންނެވެ. އަދި ނައިބް ރައީސްކަމަށް ޑރ. އަދުހަމް އައްޔަން ކުރުމަށް 46 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް މުނާ އައްޔަންކޮށްފައިވަނީ 30 ނޮވެމްބަރު 2020 ގައެވެ. މުނާ ވަނީ 2012 އޯގަސްޓް އިން 2014 އޮގަސްޓް 26އާ ހަމައަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮޕަރޭޝަންސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް އޭނާ އަދާކުރައްވާފައިވެއެވެ.
ޑރ. އަދުހަމް އެޗްއާރުސީއެމްގެ މެމްބަރަކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. ޑޮކްޓަރ އަދުހަމް ޢަބްދުﷲ، ޑޮކްޓަރޭޓް އޮފް ފިލޯސޮފީ އިން ލޯ، ފުރިހަމަކުރައްވާފައި ވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު