ފުވައްމުލަކު ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ކްލާސްރޫމް އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފެށުން - ފޮޓޯ: ޕީއެސްއެމް ނިއުސް
ފުވައްމުލަކު ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ކްލާސްރޫމް އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފެށުން - ފޮޓޯ: ޕީއެސްއެމް ނިއުސް
މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި މިކަމަށް ވާސިލުވުމަށްޓަކާ ސްކޫލްތަކުގެ ކިޔެވުން އެއްފަންފަޅިއަށް ބަދަލުކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލް ތަކުގެ ޖާގައިގެ ދަތިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސްކޫލު އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ކްލާސްރޫމް އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ތަޢުލީމީ ދާއިރާ ކުރިއެރުވުމުގައި ސަރުކާރުގެ ވިސްނުންހުރީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން އުނގެނުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުންކަމަށެވެ. ނަމަވެސް އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގެ ޖާގައިގެ ދަތިކަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ނަސީމް ވިދާޅުވީ ސްކޫލްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ 4 ސްކޫލެއްގައި އެކަނިވެސް 46 ކްލާސްރޫމް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"މި ސަރުކާރުން އެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާނޭ. މި ރަށަށް އެކަނި ބަލާލިކަމަށްވިޔަސް ގާތްގަނޑަކަށް 46 ކްލާސްރޫމް މުޅި މި ރަށުގެ 4 އަވަށުގައި ހިމެނޭ 4 ސްކޫލެއްގައި އިތުރުވެގެން މިދަނީ." ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތަށްފަހު ނައިބު ރައީސާއި އެޑިއުކޭޝަން މިނިސްޓަރ ވަނީ ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ދިމާވާ ދަތިތަކާއި އިތުރަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު