ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ރޭ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތްކުރައްވައި އެކްސްޕޯގައި ގާއިމުކޮށްފައިވާ ފަލަސްޠީނުގެ ޕެވިލިއަންއާއި ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަނަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަލަސްޠީނުގެ ޕެވިލިއަނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ދުބާއީގައި ހުންނަ ފަލަސްޠީނު އެމްބެސެޑަރ، ޗާޖް ޑި އެފެއާރޒް އޮފް ދަ ކޮންސިއުލޭޓް ޖެނެރަލް ޢަލީ އެމް. ޔޫނުސް އެވެ. އެކްސްޕޯގައި ފަލަސްތީނުގެ ޕެވިލިއަން ފަރުމާކޮށްފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަލަސްޠީނުގެ ރައްޔިތުންނާއި ފަލަސްޠީނުގެ އެކި ކަންކަން ދެނެގަނެ އިޙްޞާސްކޮށްލެވޭ ފަދަ ގޮތަކަށެވެ. މީގެ މައިގަނޑު ބޭނުމަކީ ފަލަސްތީނާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޭގޮތް ބަދަލުކޮށް، މުޅިން އައު ނަޒަރިއްޔާއަކުން އެޤައުމާ މެދު ދުށުމަށް މަގުފަހިކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ޒިޔާރަތްކުރެއްވި ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަނަކީ ޔޫ.އޭ.އީގެ ޕެވިލިއަންއަށްފަހު މުޅި އެކްސްޕޯގައި ދެ ވަނައަށް އެންމެބޮޑު ޕެވިލިއަނެވެ. އެކްސްޕޯގެ އޮޕަޗުނިޓީ ޑިސްޓްރިކްޓްގައި ހުރި މި ޕެވިލިއަންގެ ބޮޑުމިނުގައި 13059 އަކަމީޓަރު ހުރެއެވެ. އެތަނުގެ މޫނުމަތި ތައްޔާރުކޮށްފައި ވަނީ އެ ޤައުމުގެ ރަސްކަމާއި ގުޅިފައިވާ ކަންކަމާ އަދި އެޤައުމުގެ އާދަކާދައިގެ ތެރޭގައި ޒަމާނުއްސުރެ އަށަގަނެފައިވާ މެހުމާންދާރީ އަދާކުރުމުގެ ރީތި އާދަތައް ފަދަ އެޤައުމަށް ޚާއްޞަ ގިނަ ކަންތައްތަކެއް ދައްކުވައިދޭގޮތަށެވެ.
ދުބާއީ އެކްސްޕޯ 2020ގެ ތީމަކީ "ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ" އެވެ. މި ތީމު ބިނާވެފައި ވަނީ ދެމެހެއްޓެނިވި، އީޖާދީ އަދި ދުނިޔޭގެ ކަންކޮޅުތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ. ހަ މަހުގެ މުއްދަތައް ކުރިޔަށްދާ މި އެކްސްޕޯގައި ދުނިޔޭގެ 192 ޤައުމަކުން ބައިވެރިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ.އަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު