އެންމެ ބޮޑުއަގު ހުށަހެޅި ކުންފުންޏަށް ހިޔާ މަޝްރޫޢު ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ.
ހިޔާ މަޝްރޫޢަށް އެންމެ ބޮޑުއަގު ހުށަހެޅި ކުންފުންޏަށް މަޝްރޫޢު ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަން ފަށާފައި މިވަނީ، ހިޔާ މަޝްރޫއާ ގުޅޭ ގޮތުން އޮޑިޓަރ ޖެނަރަލް ތައްޔާރުކުރެއްވި އޮޑިޓް ރިޕޯޓްގައި ގިނަ މައްސަލަތަކެއް ފާހަގަވުމުންނެވެ.
ހިޔާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެދި 5 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. ނަމަވެސް މަސައްކަތް ޙަވާލުކުރީ އެންމެބޮޑު އަގު ހުށައެޅި ކުންފުންޏާއެވެ. އެގޮތުން އެކުންފުންޏާއި ފްލެޓް ހެދުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ޔުނިޓެއް 62000 ޑޮލަރަށް ހަދައިދޭ ގޮތަށެވެ. ދެން ޕްރަޕޯސަލް ހުށައެޅި ކުންފުނިތަކުން ހުށަހަޅާފައިވަނީ އެއަށްވުރެ ކުޑަ އަގެއް ކަމަށް އެނގިފައި ވެކެވެ.
މިމައްސަލަ އޭސީސީން ތަހުގީގް ކުރަން ފަށާފައިވަނީ އެކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތީން މިއަހަރުގެ ޖޫން މަހުން ފެށިގެންނެވެ. ކޮމިޝަނުން ދަނީ މިމައްސަލާގައި ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދައި ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންކަމަށް އެކޮމިޝަނުން ބުނެއެވެ.
އޭސީސީން މިމައްސަލަ ތަހުގީގްކުރަމުންދާއިރު، ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އޮޑިޓަރ ޖެނަރަލް ނެރުނު ހިޔާ ރިޕޯޓްގައި ސަރުކާރުން މީގެކުރިންވެސް ފާހަގަކުރި މައްސަލަތައް ވަރަށް ރަނގަޅަށް ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އެމައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް ހިޔާ މަޝްރޫޢުގެ އޮޑިޓް ރިޕޯޓްގައި ފިޔަވަޅު އަޅަންޖެހޭ އެއްވެސް ފަރާތެއްގެ ނަމެއް ނުވަތަ އަޅާނެ ފިޔަވަޅެއް ވެސް ފާހަގަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ނެރެފައިވާ މިފަދަ މުހިންމު ރިޕޯޓްތަކުގައި އޮޑިޓަރ ޖެނެރަލުގެ ލަފާގެ ގޮތުގައި އަޅާން ފެންނަ ފިޔަވަޅާއި ފިޔަވަޅު އަޅާނެ ފަރާތްތަކުގެ ނަންތައްވެސް އާންމުކޮށް ފާހަގަކޮށްފައި ހުރެއެވެ.
ކުރީގެ ސަރުކާރުން ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ކަނޑައެޅި އަގަށް ފްލެޓްގެ ކުލި މިސަރުކާރުން ކަނޑައެޅިނަމަ އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ވަރަށް ބޮޑުވާނެކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓެއްގައި ވަނީ ހާމަކޮށްފައެވެ.
އޮޑިޓް ރިޕޯޓްގައި އެޗް.ޑީ.ސީން މި އަހަރު ކަނޑައެޅި 11000 ރުފިޔާގެ އަގާއި، ކުރީގެ ސަރުކާރުން ކަނޑައެޅި 6600 ރުފިޔާގެ ހިސާބާއި، މާލޭ ސިޓީގެ އައު ކައުންސިލުން ކަނޑައެޅި 5548 ރުފިޔާގެ ހިސާބުގެ އިތުރުން މި ސަރުކާރުން ކަނޑައަޅާފައިވާ 8500 ރުފިޔާއަށް ކުލި ނުވަތަ މަހަކު ދައްކަން ޖެހޭ މިންވަރު ކަނޑައެޅުމުގައި ގެންގުޅެފައިވާ އަސާސްތައް ވަނީ ދިރާސާކޮށްފައެވެ.
މި ރިޕޯޓުގައިވާ ގޮތުން 6600 ރުފިޔާއާއި 6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފައްސަތޭކަ ތިރީސް ދެ ރުފިޔާގެ ދަރަނި އަރާނެއެވެ.
އަދި މިހާރު ކަނޑައަޅާފައިވާ 8500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި އަރާނީ 138 މިލިއަން ރުފިޔާގެ ދަރަންޏެއްކަމަށްވެސް އޮޑިޓަރ ޖެނަރަލް ވަނީ އަންދާޒާ ކޮށްފައެވެ.
އޮޑީޓަރ ޖެނެރަލް މިފަދަ ރިޕޯޓެއް ނެރުއްވި ނަމަވެސް ހިޔާ މަޝްރޫޢު ހިންގި އިރު ކުރީ ސަރުކާރުގެ ގައުސިންގ މިނިސްޓަރގެ މަގާމުގައި ހުންނެވި މާލޭގެ މޭޔަރ ޑރ. މުޙަންމަދު މުޢީއްޒު ވިދާޅުވީ ހިޔާ ފްލެޓް ތަކުގެ އަގު ބޮޑުވީ މިސަރުކާރުގެ ސަބަބުން ކަމަށެވެ. އެގޮތުން މިސަރުކާރުން ހިސާބު ހަދާފައިވަނީ ހަތަރެއް އިންސައްތަ އިންޓްރެސްޓް ރޭޓުގައި އޮތް އެއްޗެއް ހަތެއް އިންޓްރެސްޓް ރޭޓަށް ބަލައިގެން ކަމުގައި މުޢިއްޒު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު