ކޯވިޑާއި ގުޅިގެން ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެމެރިކާއިން ދެ މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފިއެވެ.
މި އެހީ ދިނީ އެމެރިކާ ސަރުކާރުގެ އެހީދޭ އިދާރާ ޔުނައިޓެޑް ސްޓޭޓްސް އެެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިންނެވެ.
މި އެހީ ބޭނުންކުރާނީ ސިއްހީ ދާއިރާއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށާއި، ލެބޯޓަރީތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށްކަމަށް ޔޫއެސް އެއިޑްގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން އޮކްސިޖަން އިކޯސިސްޓަމް ރަނގަޅުކުރުމަށްވެސް މި އެހީ ބޭނުންކުރާނެއެވެ.
ޔޫއެސްއެއިޑުން ދިން މި އެހީއާއެކު އެމެރިކާ ސަރުކާރުން ކޯވިޑާއި ގުޅިގެން ރާއްޖެއަށް ފޯރުކޮށްދިން އެހީގެ ޖުމްލަ މި ވަނީ 7 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައެވެ.
ފައިސާގެ އެހީގެ އިތުރުން ވެންޓިލޭޓަރާއި ވެކްސިން ވެސް އެމެރިކާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު