ކޮވިޑާއި ގުޅިގެން ބަންދުކޮށްފައި އޮތް އައްޑޫ ސިޓީގެ ކެނަރީފް ރިސޯޓް އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ހުޅުވަން މަސައްކަތްކުރަމުންދާކަމަށް އެ ރިސޯޓްގެ މެނޭޖްމަންޓުން ބުނެފިއެވެ.
ކެނެރީފްގެ މެނޭޖްމަންޓުން މިކަން ހާމަކޮށްފައި ވަނީ އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ކެނެރީފް ރިސޯޓް ބަންދުކޮށްފައި އޮންނަތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރާއި ބައެއް ކައުންސިލް މެމްބަރުން އެ ރިސޯޓަށް ވަޑައިގެން، ރިޒޯޓު ހުޅުވަން ކުރަމުން ގެންދާ މަސައްކަތްތައް ވަނީ ބައްލަވައިލައްވާފައެވެ. އަދި ރިޒޯޓް މެނޭޖްމަންޓާއި ބައްދަލު ކުރައްވައި މިވަގުތު ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުވުމުގައި މެނޭޖްމަންޓުން ވަނީ ޑިސެމްބަރ މަހުގެ ފަހުކޮޅަށް ރިސޯޓް ހުޅުވޭނެ ކަމުގެ ޔަޤީންކަން ކައުންސިލަށް ދީފައިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އަދި ރިސޯޓް ހުޅުވަން މިވަގުތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށާއި، ރިސޯޓް އަވަހަށް އޮޕަރޭޝަނަށް ގެނައުމަށް ރިސޯޓަށް ބޭނުންވާ އެހީތެެރިކަން ކައުންސިލުން ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން މޭޔަރ ނިޒާރު ވަނީ ރިސޯޓުގެ މެނޭޖްމަންޓަށް ދީފައިކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ކޯވިޑާއި ގުޅިގެން ބަންދުކޮށްފައި އޮތް ކެނަރީފް ރިސޯޓަކީ 2007 ވަނަ އަހަރު ފަތުރުވެރިކަމަށް ހުޅުވި ރިސޯޓެކެވެ. ކެނެރީފްގެ އިތުރުން އައްޑޫ ސިޓީގެ ސަންގްރިއްލާވެސް އޮތީ ބަންދުކޮށްފައެވެ.
އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިނުވާކަމަށް އައްޑޫ ސިޓީގެ ވިޔަފާރިވެރިން ބުނެއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ހަންކެޑެގައި ރިސޯޓެއް ތަރައްގީކުރާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މޭޔަރ ޢަލީ ނިޒާރު އާއި ބައެއް ކައުންސިލް މެމްބަރުން ހެރެތެރެ ރިސޯޓަށް ވަޑައިގަންނަވާ، ރިޒޯޓު ހުޅުވަން ކުރެވެމުން ގެންދާ މަސައްކަތް ބައްލަވައި ލައްވައިފި. އަދި ރިޒޯޓް މެނޭޖްމަންޓް އާއި ބައްދަލު ކުރައްވައި މިވަގުތު ކުރެވެމުންދާ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި. 1/3 pic.twitter.com/oToOVJccOs
— Addu City Council (@AdduCityCouncil) October 27, 2021
ކެނެރީފް ރިސޯޓް ބަންދުކޮށްފައި އޮންނަތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރާއި ބައެއް ކައުންސިލް މެމްބަރުން އެ ރިސޯޓަށް ވަޑައިގެން، ރިޒޯޓު ހުޅުވަން ކުރަމުން ގެންދާ މަސައްކަތްތައް ވަނީ ބައްލަވައިލައްވާފައެވެ. އަދި ރިޒޯޓް މެނޭޖްމަންޓާއި ބައްދަލު ކުރައްވައި މިވަގުތު ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުވުމުގައި މެނޭޖްމަންޓުން ވަނީ ޑިސެމްބަރ މަހުގެ ފަހުކޮޅަށް ރިސޯޓް ހުޅުވޭނެ ކަމުގެ ޔަޤީންކަން ކައުންސިލަށް ދީފައިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މިބައްދަލުވުމުގައި ހެރެތެރޭގެ މެނޭޖްމަންޓުން ވަނީ ޑިސެމްބަރ މަހުގެ ފަހުކޮޅަށް ރިސޯޓް ހުޅުވޭނެ ކަމުގެ ޔަޤީންކަން ކައުންސިލަށް އަރުވާފަ. އަދި މިއާއެކު މިވަގުތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށާއި، 2/3
— Addu City Council (@AdduCityCouncil) October 27, 2021
އަދި ރިސޯޓް ހުޅުވަން މިވަގުތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށާއި، ރިސޯޓް އަވަހަށް އޮޕަރޭޝަނަށް ގެނައުމަށް ރިސޯޓަށް ބޭނުންވާ އެހީތެެރިކަން ކައުންސިލުން ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން މޭޔަރ ނިޒާރު ވަނީ ރިސޯޓުގެ މެނޭޖްމަންޓަށް ދީފައިކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ކޯވިޑާއި ގުޅިގެން ބަންދުކޮށްފައި އޮތް ކެނަރީފް ރިސޯޓަކީ 2007 ވަނަ އަހަރު ފަތުރުވެރިކަމަށް ހުޅުވި ރިސޯޓެކެވެ. ކެނެރީފްގެ އިތުރުން އައްޑޫ ސިޓީގެ ސަންގްރިއްލާވެސް އޮތީ ބަންދުކޮށްފައެވެ.
އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިނުވާކަމަށް އައްޑޫ ސިޓީގެ ވިޔަފާރިވެރިން ބުނެއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ހަންކެޑެގައި ރިސޯޓެއް ތަރައްގީކުރާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު