މިމަހުގެ 4 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ބައެއް މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާގެ މައްސަލަ ޕީޖީއަށް ފޮނުވައިފިއެވެ.
އޭނާ އެދުވަހު ވަނީ ރައީސް އޮފީހުގެ ގޭޓު ކައިރިއަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ތެރެއަށް ކުޑަކަމު ގޮސްފައެވެ. މިކަމާ ގުޅިގެން އޭނާ ބަންދުކުރަން ކޯޓަށް ގެންދިއުމުން އޭނާ ބުނެފައިވަނީ އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއްކަމަށެވެ. ނަމަވެސް ކޯޓުން އޭނާ ވަނީ ބަންދުކޮށްފައެވެ.
ފުލުހުން ބުނީ އެ މީހާގެ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި މިމަހުގެ 24 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާކަމަށެވެ. އަދި އެމީހާ މިމަހުގެ 25 ވަނަ ދުވަހު ބަންދުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ފުރަތަމަ ބުނެފައި ވަނީ އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. ނަމަވެސް ކަމާބެހޭ އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށް ދީފައެއް ނުވެއެވެ. މިމައްސަލައިގައި މީހުން ފާޑުކިޔަން ފެށުމުން ފުލުހުން ފަހުން ވަނީ އެމީހާ ބަންދުކޮށް މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު