އައްޑޫ ފްލައިން ސްކޫލުގެ ތަމްރީނު ފެސިލިޓީތައް ލީސް އެގްރިމެންޓެއްގެ ދަށުން އައިލެންޑް އޭވިއޭޝަނުން ބޭނުންކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީއާއި އައިލެންޑް އޭވިއޭޝަންގުޅިގެން ހިންގަން ނިންމާފައިވާ ފްލައިން ސްކޫލު ހިންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަދިނުމާމެދު ދެ ފަރާތުގެ މެދުގައި ގާއިމްކުރި އެއްބަސްވުމެއްކަމަށެވެ.
މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި އައްޑޫ އެއާޕޯޓުގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
މިރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފްލައިންގ ސްކޫލް ހިންގަން މީގެކުރިން ވަނީ އެމްއެންޔޫއާއި އައިލެންޑް އޭވިއޭޝަނުން އެއްބަސްވުމެއް ގާއިމްކޮށްފައެވެ. އަދި ފްލައިންގ ސްކޫލް ހިންގުމަށް ޗެކް-ރިޕަބްލިކްގެ ކުންފުންޏަކާއި ހަވާލުކޮށް، މިއަހަރުގެ ތެރޭގައި ސްކޫލްގެ ކިޔެވުން ފެށޭނެކަމަށްވެސް ވަނީ ބުނެފައެވެ.
ދައުލަތުގެ މުއައްސަސާތައް ގުޅިގެން ފްލައިންގ ސްކޫލެއް ހިންގުމަށް ތައްޔާރުވަމުންދާއިރު އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން ހިންގި ފްލައިން ސްކޫލުގެ ކަންކަން ގޯހުން ގޯހަށް ގޮސް، ކިޔަވައިދިނުން ހުއްޓި އެތަނުގެ ހުއްދަވެސް އައު ނުކޮށްދޭން ސަރުކާރުން ވަނީ ނިންމާފައެވެ. ފަހުން އެތަން މާލޭގެ އަމިއްލަ ކޮލެޖަކުން ގަތް ކަމަށް ބުނެފައި ވީނަމަވެސް އެ ކޮލެޖުން ވެސް ފަހުން ވަނީ އޭއޭއޭ އާއެކު ހެދިކަމަށްބުނާ އެއްބަސްވުން ބާތިލު ކޮށްފައިވާކަން ހާމަކޮށްފައެވެ. އަލަށް ގާއިމުކުރާ ފްލައިންގ ސްކޫލްގެ ކިޔެވުން ފަށާއިރު ކުރީގެ ސްކޫލުން ކިޔެވުން ކުރިއަށް ނުގެންދެވުނު ކުދިންނަށް އިސްކަން ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އައިލެންޑް އޭވިއޭޝަނާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާ ފްލައިޓް ޓްރޭނިންގް ސްކޫލް ހިންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ތަންދިނުމަށް ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފި. pic.twitter.com/b0HnOmT4Vr
— Maldivian (@MaldivianAero) October 28, 2021
ފްލައިންގ ސްކޫލް ހިންގަން މީގެކުރިން ވަނީ އެމްއެންޔޫއާއި އައިލެންޑް އޭވިއޭޝަނުން އެއްބަސްވުމެއް ގާއިމްކޮށްފައެވެ. އަދި ފްލައިންގ ސްކޫލް ހިންގުމަށް ޗެކް-ރިޕަބްލިކްގެ ކުންފުންޏަކާއި ހަވާލުކޮށް، މިއަހަރުގެ ތެރޭގައި ސްކޫލްގެ ކިޔެވުން ފެށޭނެކަމަށްވެސް ވަނީ ބުނެފައެވެ.
ދައުލަތުގެ މުއައްސަސާތައް ގުޅިގެން ފްލައިންގ ސްކޫލެއް ހިންގުމަށް ތައްޔާރުވަމުންދާއިރު އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން ހިންގި ފްލައިން ސްކޫލުގެ ކަންކަން ގޯހުން ގޯހަށް ގޮސް، ކިޔަވައިދިނުން ހުއްޓި އެތަނުގެ ހުއްދަވެސް އައު ނުކޮށްދޭން ސަރުކާރުން ވަނީ ނިންމާފައެވެ. ފަހުން އެތަން މާލޭގެ އަމިއްލަ ކޮލެޖަކުން ގަތް ކަމަށް ބުނެފައި ވީނަމަވެސް އެ ކޮލެޖުން ވެސް ފަހުން ވަނީ އޭއޭއޭ އާއެކު ހެދިކަމަށްބުނާ އެއްބަސްވުން ބާތިލު ކޮށްފައިވާކަން ހާމަކޮށްފައެވެ. އަލަށް ގާއިމުކުރާ ފްލައިންގ ސްކޫލްގެ ކިޔެވުން ފަށާއިރު ކުރީގެ ސްކޫލުން ކިޔެވުން ކުރިއަށް ނުގެންދެވުނު ކުދިންނަށް އިސްކަން ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު