ރޯގާ ޖެހިގެން މިހާރުވެސް ހަ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކުޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ޚާއްސަ ޑޮކުޓަރު އަހުމަދު ފައިސަލް ވިދާޅުވީ، ހަލުވި ކަމާއެކު ކުޑަކުދިންނަށް ޖެހޭ ރޯގާއެއް ފެތުރެމުންދާ ކަމަށާއި، ރޯގާ މަދުނުވާ ކަމަށެވެ. އެގޮތުން ރޯގާ ޖެހިގެން ހަ ކުއްޖަކަށް މިހާރު ވެސް އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސްކުރައްވާފަ އެވެ. އެގޮތުން ގިނަގިނައިން އަތް ދޮވުމަށާއި ބައި ހަދާފައި ކުދިން އުރަން ނުދިޔުމަށާއި މީހުން އެއްވާ ތަންތަނަށް ނުދިޔުމަށް ޑރ. ފައިސަލް އިރުޝާދު ދެއްވިއެވެ.
ޑރ.ފައިސަލް މީގެ ކުރިން ވަނީ ރާއްޖޭގައި ތުއްތު ކުދިންނަށް ޖެހޭ ވަރުގަދަ ރޯގާއެއް ފެތުރެމުންދާކަމަށް ވިދާޅުވެ އެކަން އާންމުންގެ ސަމާލުކަމަށް ވެސް ގެންނަވާފައެވެ. އަދި މި ރޯގާގައި ތުއްތު ކުދިންނަށް ވަރަށް ބޮޑުވަރު ވާ ކަމަށާއި އެގޮތުން މި ރޯގާގައި ކެއްސަމުން ގޮސް ވަރުބަލިވެ ކުއްޖާ ހިނދޭގޮތްވާ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވެފައި ވެއެވެ.
ކުޑަކުދިންނަށް ޖެހޭ ރޯގާއެއް ރާއްޖޭގައި ފެތުރެމުންދާއިރު، މި ދުވަސްވަރު ބޮޑެތި މީހުންނަށްޖެހޭ އާންމު ރޯގާ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އާދަޔާ ޚިލާފަށް އިންފްލުއެންޒާ ފެތުރެމުންދާތީ މިހާރުވެސް ކޯވިޑުން ރައްކާތެރިވުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމާއެކު ކޯވިޑް ވެކްސިންގެ އިތުރިން އިންފްލުއެންޒާ ވެކްސިން ވެސް ޖެހުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

6 ކުދިން ICU ގައި
— Ahmed Faisal (@Faisalnaifaru) October 28, 2021
ރޯގާ އަދިވެސް މަދެއްނުވޭ
ތުއްތު 👶ނާ އެހެނިހެން ބަލިތައް ހުންނަނަމަ ބޮޑުވަރުވޭ
ރައްކާތެރިވެވެންހުރި ކަންތައްތަކަށް ސަމާލުވެލައްވާ
ގެއަށް ރޯގާ ގެންނައުން މަދުކުރަމާ
އަތްދޮވުން، 😷، 👶 އުރާލަން ބައިހަދާފައި ނުދިއުން، މީހުން އެއްވާތަންތަނަށް ނުދިއުން
ޑރ.ފައިސަލް މީގެ ކުރިން ވަނީ ރާއްޖޭގައި ތުއްތު ކުދިންނަށް ޖެހޭ ވަރުގަދަ ރޯގާއެއް ފެތުރެމުންދާކަމަށް ވިދާޅުވެ އެކަން އާންމުންގެ ސަމާލުކަމަށް ވެސް ގެންނަވާފައެވެ. އަދި މި ރޯގާގައި ތުއްތު ކުދިންނަށް ވަރަށް ބޮޑުވަރު ވާ ކަމަށާއި އެގޮތުން މި ރޯގާގައި ކެއްސަމުން ގޮސް ވަރުބަލިވެ ކުއްޖާ ހިނދޭގޮތްވާ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވެފައި ވެއެވެ.
ކުޑަކުދިންނަށް ޖެހޭ ރޯގާއެއް ރާއްޖޭގައި ފެތުރެމުންދާއިރު، މި ދުވަސްވަރު ބޮޑެތި މީހުންނަށްޖެހޭ އާންމު ރޯގާ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އާދަޔާ ޚިލާފަށް އިންފްލުއެންޒާ ފެތުރެމުންދާތީ މިހާރުވެސް ކޯވިޑުން ރައްކާތެރިވުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމާއެކު ކޯވިޑް ވެކްސިންގެ އިތުރިން އިންފްލުއެންޒާ ވެކްސިން ވެސް ޖެހުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު