ކުޑަކުދިންގެ ހިޔާއާ ގުޅޭ މައްސަލައެއްގައި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެެވެ.

ޕީޖީ އޮފީހުން ބުނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ތަހުގީގު ކުރި މައްސަލައެއްގައި ޖެންޑާ މިނިސްޓްރީއާއި ފުލުހުންނާއި ދައުލަތުގެ ކަމާގުޅޭ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން އަދި އިސްވެރިންނަށް ދައުވާ ކޮށްދިނުމަށް އެދި އެ ކޮމިޝަނުން ހުށަހަޅާފައިވާ ކަމަށެވެ. ދައުވާތަކާ ގުޅޭގޮތުން އެޗްއާރުސީއެމާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، އެކަމުގައި އަންނަ ހަފުތާގައި ގޮތެއް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.

ކުޑަކުދިންގެ ހިޔާގެ މައްސަލައިގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރަން ވެސް ވަނީ ފޮނުވާފައެވެ.

ކުޑަކުދިންގެ ހިޔާއާ ގުޅުން ހުރި މައްސަަލަތަކެއް ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާކަން އެޗްއާރުސީއެމުން ވަނީ ޔަގީންކޮށްދީފައެވެ. އެކަމަކު އިތުރު ތަފުސީލެއް އެކޮމިޝަނުން ހާމައެއް ނުކުރެއެެވެ.



ކިޔުންތެރިންގެ ހިޔާލު