ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް މާދަމާ ހުޅުވަން ހަމަޖައްސަވައިފިއެވެ.
މާދަމާގެ ހުކުރު ނަމާދަށް ހުޅުވުމަށް ހަމަޖެހިފައިވާ "މަސްޖިދް އަމީލް ޖަލީލް" މިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ. މިއީ 2018 ވަނަ އަހަރު އެ ފަރާތަށް ދޫކުރި ބިމެއްގައި ބިނާކުރި މިސްކިތެކެވެ. އަދި އެއަހަރުގެ ނޮވެމްބަރުމަހު މިސްކިތުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މިސްކިތް ހުޅުއްވައިދެއްވާނީ މިނިސްޓަރ އޮފް ހޯމް އެފެއަޒް އައްޝައިޚް އިމްރާން އަބްދުﷲއެވެ.
2 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ 480 މީހުންގެ ޖާގައިގެ މިސްކިތެއްނަމަވެސް އެތެރޭގެ ޖާގައިގެ އިތުރުން، މިސްކިތުގެ ހަރިއްމަ ތެރޭގައި އިތުރު 650 ވަރަކަށް މީހުންނަށް ނަމާދުކުރެވޭނެއެވެ. މިސްކިތުގައި ފިރިހެނުންނަށް ޚާއްސަ ބައިގެ އިތުރުން އަންހެނުން ނަމާދުކުރުމަށް ޚާއްސަ ޖާގައެއްވެސް ވަނީ ކަނޑައަޅާފައެވެ.
16400 އަކަފޫޓުގެ ބިމެއްގައި ބިނާކޮށްފައިވާ މި މިސްކިތް ތަރައްޤީކޮށްފައިވަނީ ހުޅުމާލެ ފޭސް އެކަކުން ހުޅުމާލޭ ފޭސް ދޭކަށް ވަންނަ ބޮޑު މަގުގައެވެ.

ކިޔުންތެރިންގެ ހިޔާލު