އެމް ޑަބްލިޔު އެސް ސީން ކުރިއަށް ގެންދާ ރ. އިންނަމާދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙުކޮށް ދެއްވާފައިވަނީ، އިންނަމާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފެންކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި، މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާޞިފް އަދި އިންނަމާދޫ ކައުންސިލްގެ ރައީސް އަޙްމަދު އަޒުމީނެވެ. މި ރަސްމީޔާތުގައި އެމް ޑަބްލިޔު އެސް ސީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ފެންކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ރ. އިންނަމާދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އިންނަމާދޫއަށް ގެނަސް ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
އެމް ޑަބްލިޔު އެސް ސީން ބުނީ މި މަޝްރޫޢުގެ ދަށުން އިންނަމާދޫގައި 33.8 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނޭކަމަށެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށް ވެސް ފެންކުންފުނިން ބުނެފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމް ޑަބްލިޔު އެސް ސީން ހާމަކޮށްފައިވެއެވެ.
އިންނަމާދޫގެ ފެނުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް ޑަބްލިޔު އެސް ސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ އަގަކީ ޖުމްލަ 43.305،771،50 މިލިއަން ދިވެހި ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު