މިދިޔަ ހުކުރުދުވަހު ދަންޖެހިގެން މަރުވިކަމަށް ބުނާ އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕިންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިރިހެން ނަރުހަކާ ކައިވެނިކޮށްގެން ދަރިއެއްވެސް ހުންނަ މިނަރުސް މަރުވިކަމަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހުއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި 29 އަހަރުގެ ފިލިޕިންސް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ އަންހެން މީހާގެ ފިރިމީހާ އެވެ. ފުލުހުން އިތުރަށް ބުނެފައި ވަނީ އަންހެން މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަންހެން މީހާ އުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ކަމަށް ބުނެ، ރިޕޯޓް ކުރުމުން ފުލުހުން އެތަނަށް ދިއުމުގެ ކުރިން އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ މަރަކީ ދަންޖެހިގެން އަމިއްލައަށް މަރުވެފައިވާ މަރެއްނޫންކަމާއި އޭނާ މަރާލާފައި އޮތް ކަމަށް އެންމެ ބޮޑަށް ޝައްކުވީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުމުންނެވެ. މީގެއިތުރުންވެސް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާރު އެމައްސަލަ ތަހުގީގުކުރަމުންދަނީ އެއީ މަރާލާފައި އޮތް މީހެއް ކަމަށް ޝައްކު ކުރެވޭތީއެވެ. އެގޮތުން އަންހެން ނަރުސް މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދަންވެސް ނިންމާފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު