އެއްވެސް ސިޔާސީ ޕާޓީއެއްގެ ލޯގޯއެއް "އައި އޭމް ވެކްސިނޭޓެޑް" ކެމްޕޭނުގައި ބޭނުން ނުކުރާކަމަށް ޓުއަރިޒްމް މިނިސްޓަރ އަބްދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މައުސޫމް މިހެން ވިދާޅުވެފައިވަނީ "އައި އޭމް ވެކްސިނޭޓެޑް" ކެމްޕޭނުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީ ގެ ލޯގޯ ބޭނުންނުކުރަމުންދާ ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކަށް ރައްދުދެއްވަމުންނެވެ.
މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ އައި އޭމް ވެކްސިނޭޓެޑް ކެމްޕޭނުގައި ބޭނުންކުރަމުންދާ ލޯގޯއާއި އެމްއެންޕީގެ ލޯގޯއާއި ގުޅުމެއް ނުވާނެ ކަމަށެވެ. އަދި އައިއޭމް ވެކްސިނޭޓެޑް ކެމްޕޭނަކީ މާކުރިން ފަށާފައިވާ ކެމްޕޭނެއްކަމަށް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.
"(ލޯގޯ) ވައްތަރުތޯ ބަލައިލިން. އެހާ ވައްތަރެއްނޫން. އެހެންނޫނަސް ވިޒިޓް މޯލްޑިވްސްގެ "އައިއޭމް ވެކްސިނޭޓެޑް" ކެމްޕޭން ވަނީ އެޕާޓީ އުފެއްދުމުގެ މާކުރިން ފަށާފަ!" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
"އައިއޭމް ވެކްސިނޭޓެޑް" ކެމްޕޭނަކީ މިނިސްޓްރީ އޮފް ޓުއަރިޒްމާއި ވިޒިޓް މޯލްޑިވްސް ގުޅިގެން މިއަހަރުގެ އޭޕްރީލް މަހުންފެށިގެން ހިންގަމުންދާ ކެމްޕޭނެކެވެ. ރިޓަޔާޑް ކާނަލް ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރ ރިޔާޒު އިސްކޮށް ތިއްބަވައިގެން އުފެއްދެވި އެމްއެންޕީ އުފެއްދުމުގެ މަރުހަލާ ފެށީވެސް އޭގެ މާ ފަހުންނެވެ.
އައި އޭމް ވެކްސިނޭޓެޑް ކެމްޕޭނުގެ މަގްސަދަކީ، ކޮވިޑުން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ޕްރޮމޯޓް ކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކޮވިޑުން ރައްކާތެރިވުމަަށް ވެކްސިން ޖެހުމުގެ އިތުރުން، ކޮވިޑުން ރައްކާތެރިވުމަަށް އަޅަމުންދާ ފިޔަވަޅުތައް ޕްރޮމޯޓްކޮށް، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
މިކެމްޕޭނުގެ އަމާޒަކީ މުޅި ދުނެއިންވެސް، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަކީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ފުރަތަމަ ގައުމަށް ވާސިލުވުމެވެ.

ކިޔުންތެރިންގެ ހިޔާލު