މިއަހަރުގެ ނިމިދިޔަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުގައި ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އާއްމުކުރި އެރިޕޯޓްގައި ވާގޮތުން އެ ކުންފުނީގެ އާމްދަނީ ވަނީ މިއަހަރުގެ މީގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
"އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 8 އިންސައްތަ އިތުރުވެފައިވުން." އެސްޓީއޯގެ މާލީ ރިޕޯޓްގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެސްޓީއޯއިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ވެސް ކުރިއަރާ އެ ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުމަކީވެސް ނިމިދިޔަ ކްއާޓާގެ އާމްދަނީ އިތުރުވި އެއް ސަބަބުކަމަށް އެ ކުންފުނިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން، ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓަރ ގައި ވަނީ 154 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސްއަށް ކެނޑުމަށްފަހު މިކުއާޓާގެ ސާފު ފައިދާއަކީ 129 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާރާއި އަޅާބަަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ ހިންގުމުގެ ހަރަދު، ޕްރޮވިޝަން ނުހިމަނާ، ތިންވަނަ ކުއާޓާގައި ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަަލައި 5 އިންސައްތަ ދަށްކޮށްފައެވެ.
ނިމިގެން ދިޔަ ކުއާޓަރުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވަމުން ދިޔަ ނަަމަވެސް އެސްޓީއޯއިން ތެލުގެ އަގު އެނިސްބަތުން އިތުރުކޮށްފައިނުވާތީ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 6 އިންސައްތަ ދަށްވެފައެވެ.
އެސްޓީއޯއިން ގެންދަނީ 2019 ވަނަ އަހަރުން ފެށިގެން އަހަރަކަށްވުރެ އަހަރެއް، ކުންފުނީގެ މާލީ ފައިދާ އިތުރުކޮށް ހިންގުމުގެ ޚަރަދުތައް ކުޑަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު