ކޮޕް 26 ސަމިޓާއި މެދު ރާއްޖެއިން ކުރާ އުއްމީދުތައް ބޮޑުކަމަށާއި، އަދި އެ އުއްމީދުތައް ހާސިލުވާނެކަމުގެ އުއްމީދުވެސް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ކޮޕް 26 ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން ދުބާއީގައި ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ސާލިހު ވިދާޅުވީ ކުދި ޤައުމުތަކުން އަބަދުވެސް ވަކާލާތުކުރާ މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަކަމަށާއި މިއީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެއަށް އަންނަ ބަދަލުތަކެއްކަމަށެވެ. އަދި މިފަހަރުގެ ކޮޕް ސަމިޓާއިމެދު ރާއްޖެއިން ކުރާ އުއްމީދު ބޮޑުކަމަށާއި އެގޮތުން އެ ސަމިޓްގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ހުރިހާ ޤައުމުތަކުން އެއްބަސްވުމަކާއި ހަމައަށް އާދެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖެއިން ބޭނުންވާ މަޤްޞަދު ޙާސިލްވާނެކަމުގެ އުއްމީދު މިފަހަރު ވަރަށް ބޮޑުކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި ރަނގަޅު އެއްބަސްވުމަކާއި ހިސާބަށް ކޮޕް 26 ގައި އާދެވޭނެކަމަށް. އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެކި ގޮތްގޮތަށް ކުރެވެމުން އެބަދޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަޤްޞަދާއި ހަމައަށް ހާސިލްވުމުގެ ފުރުޞަތު ވަރަށް ބޮޑު މިފަހަރު." ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓް ކޮޕް-26 ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ. މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު