އަހުމަދު މަސްނޫމް   29 އޮކްޓޯބަރު 2021 - 17:8
ކްރެޑިޓް ރޭޓިންގ އެޖެންސީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފިއެވެ.

އެންމެފަހުން ފިޗުން މިދިޔަ އަހަރު ރާއްޖެ ރޭޓްކުރިއިރު ކްރެޑިޓް ރޭޓިންގ ހުރީ ސީސީސީގައެވެ. ނަމަވެސް ކޯވިޑަށްފަހު ރާއްޖޭގެ ޓޫރިޒަމް އާރާސްތުވާން ފެށުމާއެކު ފިޗުގެ ކްރެޑިޓް ރޭޓިން ވަނީ ބީ މައިނަސްއަށް މަތިކޮށްފައެވެ.

ބީ މައިނަސްއަކީ އެ ގައުމެއްގެ އިގްތިސާދު ރަނގަޅުވަމުން އަންނަކަން ދައްކުވައިދޭ ރޭޓިންއެކެވެ.

މިދިޔަ އަހަރު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީސީސީއަށް ދަށްކުރީ، ދަރަނި ދެއްކޭ ހާލަތަށް ވުރެވެސް އިގްތިސާދު ދަށަށް ގޮސްފައިވާކަމަށް ބުނެއެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ގުޅޭގޮތުން ފިޗުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ވިއްކި ސުކޫކާއި ގުޅިގެން ބޭރުގެ ދަރަނިތައް ދެއްކުމަށް އޮތް ހުރަސްތައް ކުޑަކުރެވިފައިވާކަމަށެވެ. ނަމަވެސް ދަރަނި ދައްކަން ބޭރު ފައިސާ ހޯދުން އަދިވެސް ރާއްޖެއަށް ދަތި ކަމަށް ރިޕޯޓްގައިވެއެވެ. ފިޗްގެ ބަޔާނުގައި ރާއްޖޭގެ ޓޫރިޒަމް ހީކުރިވަރަށް ވުރެ އަވަހަށް ރަނގަޅުވަމުން ދިއުމާއި ގުޅިގެން އިގްތިސާދު ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

ފިޗުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދު އަންނަ އަހަރު 29.4 އިންސައްތަ ކުރިއަރާނެއެވެ. އަދި 2022 ވަނަ އަހަރު 10 އިންސައްތަ ކުރިއަރާނެއެވެ. މީގެއިތުރުން އެއަރޕޯޓުގައި އަލަށް އަޅާ ޓަރމިނަލާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިޤްތިޞާދުން އޭގެ ހެޔޮ ނަތީޖާ ފެނިގެންދާނެކަމަށްވެސް ރިޕޯޓްގައިވެއެވެ.

މީގެއިތުުރުން ދައުލަތުގެ ދަރަނި މިހާރު ހުރި ނިސްބަތްކަމަށްވާ ޖީޑީޕީގެ 115.6 އިންސައްތައިން 107.6 އިންސައްތައަށް ދަރަނި ކުޑަވެގެންދާނޭކަމަށްވެސް ރިޕޯޓްގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު