ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި "މަސްޖިދް ޢަމީލް ޖަލީލް" މިއަދު ހުޅުވައިފިއެވެ.

މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތެކެވެ.

މި މިސްކިތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަޒް އިމްރާން އަބްދުﷲއެވެ. މިއީ ހެޔޮ އެދޭ ފަރާތަކުން ބިނާކުރެއްވި މިސްކިތެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރަން އަމިއްލަ ފަރާތަކަށް އިސްލާމިކް މިނިސްޓްރީން ބިން ދޫކުރީ 2018 ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. އެ މިސްކިތުގެ ޢަމަލީ މަސައްކަތް ފެށީ އެއަހަރުގެ ނޮވެމްބަރުމަހުއެވެ.



2 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ 480 މީހުންގެ ޖާގައިގެ މިސްކިތެއްނަމަވެސް އެތެރޭގެ ޖާގައިގެ އިތުރުން، މިސްކިތުގެ ހަރިއްމަ ތެރޭގައި އިތުރު 650 ވަރަކަށް މީހުންނަށް ނަމާދުކުރެވޭނެއެވެ. މިސްކިތުގައި ފިރިހެނުންނަށް ޚާއްސަ ބައިގެ އިތުރުން އަންހެނުން ނަމާދުކުރުމަށް ޚާއްސަ ޖާގައެއްވެސް ވަނީ ކަނޑައަޅާފައެވެ.

16400 އަކަފޫޓުގެ ބިމެއްގައި ބިނާކޮށްފައިވާ މި މިސްކިތް ތަރައްޤީކޮށްފައިވަނީ ހުޅުމާލެ ފޭސް އެކަކުން ހުޅުމާލޭ ފޭސް ދޭކަށް ވަންނަ ބޮޑު މަގުގައެވެ. މިސްކިތް ޑިޒައިންކުރީ "އިންސައިޑް ޕްލަސް"ކިޔާ ކުންފުންޏަކުންނެވެ. އަދި މިސްކިތް އިމާރާތްކުރުމާއި އެތެރޭގެ ހުރިހާ މަސައްކަތަކެއް ކޮށްފައިވަނީ ޒާން ކޮންސްޓްރަކްޝަން ކޮމްޕެނީންނެވެ.



ކިޔުންތެރިންގެ ހިޔާލު