ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކުރުމަށް ބޭނުންވާ ސަރވޭގެ މަސައްކަތް ފަށައިފިއެވެ.
ކަނެކްޓިވިޓީ ބްރިޖްގެ ސަރވޭގެ މަސައްކަތް ކުރަމުންގެންދަނީ ބްރިޖްގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗަރގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯރސައިޓް ސާރ ވެއާސްއިންނެވެ.
މިސާވޭ ކުރިއަށްދާނީ މިމަހުގެ 28 އިން އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނު ފަރާތުގެ މޫދާއި ތިލަފުށީގެ އިރުދެކުނު ކޮޅާއި ދެމެދު 1 ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދެއްގައެވެ. އަދި ސާރވޭ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ސާރވޭ ބޯޓަށާއި މި ސަރަހައްދުގައި މަސައްކަތްކުރާ ޑައިވަރުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި، އުޅަނދުފަހަރުގެ ވެރިންނަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އަންގާފައެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ތެރެއިންނެވެ. މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.
6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު