ކޮވިޑާއެކު ގައުމުތަކަށް ދިމާވި ހާލަތަށްފަހު މުޅި ދުނިޔެއިން ހުޅުވިފައި އޮތީ ރާއްޖެއާއެކު އެންމެ ތިންގައުމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު (ހަސަންޓޭ) މިހެން ވިދާޅުވީ، ރ. ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަންޓޭ ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމަށްފަހު ގައުމު ތަކުގެ ރައްޔިތުން އަދިވެސް ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި، އެގައުމުތަކުގެ ރައްޔިތުން ތިބީ ކަރަންޓާއި ފެންބިލް ނުދެއްކޭ ހާލަތުގައި ކަަމަށެވެ. އެހެން ނަމަވެސް އެ ހާލަތުން އަރައިގަނެ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވަނީ އެންމެ ތިން ގައުމު ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ދުބާއީ އަދި ތުރުކީ ކަމަށް ހަސަންޓޭ ވިދާޅުވިއެެވެ.
"އެއީ ދިވެހިރާއްޖެ ލާފައި ދުބާއީއާއި ތުރުކީ، އިރާދަކުރެއްވިއްޔާ މިއަދު ރާއްޖޭގެ އިގްތިޞާދު އަންނަނީ ރަނގަޅުވަމުން. އެހެން ނަަމަވެސް އަޅުގަނޑުމެން ހިތުން ފިލުވައިލައިގެން ނުވާނެ އެދުވަހު (ކޮވިޑު ހާލަތު އެންމެ ގޯސްވިއިރު) ވީ ކަންތައް އެއީ ނުވާނެ ކަމެއްގެ ގޮތުގައި ނުހިގާނެ ކަމެއްގެ ގޮތުގައި ވެސް އަޅުގަނޑުމެން ބަލައިގެން ނުވާނެ." އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވިއެވެ.
މީގެ އިތުރުން ހަސަން އަހުމަދު ވިދާޅުވީ، ގައުމަށް ދަތި އުދަނގޫ، އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތައް ދިމާވާ އެކިހާލަތް މެދުވެރިވަނީ އަޅުގަނޑުމެންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމާއި މެދު ރައްޔިތުން ވިސްނާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެދުވަހު އެކަން ލައިގަތީމަ އަޅުގަނޑުމެން ވިސްނަންވީ ކިހިނެއް ވެގެންތޯ މިކަންކަން އެ ދިމާވަނީ. އަޅުގަނޑުމެންގެ ގުޅުން ރަނގަޅުކުރަންޖެހޭ، މުޖުތަމައުގައި ހުރި ފަސާދަތައް ނައްތާލަންޖެހޭ. އެކަކު އަނެކަކާއެކު ހިތްހެޔޮކޮށް ބަސް ބުނަންޖެހޭ. ރުޅިވެރިކަން ނައްތާލަންޖެހޭ. އެފަދަ އަމަލުތައް ހުންނަގޮތުގެ މައްޗަށް ކަންކަން މެދުވެރިވެގެންދަނީ." މެމްބަރު ހަސަން އަހުމަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު