މީހެއްގެ މައްޗަށް ކުރާ ދައުވާއެއް އަނބުރާ ގެންދަން ސިޔާސީ މީހުން ބުނެގެން ނުވާނެ ކަމަށް ޤާނޫނު އަސާސީ އިސްލާޙުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރު ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އިސް ސަފުގައި މީގެ ކުރިން ޙަރަކާތްތެރިވެ ވަޑައިގެންނެވި، އަދި އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނަފާ ނަސީމް މިހެން ވިދާޅުވީ، ކުރީގެ ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށް ދައުވާ ކޮށްދިނުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ފޮނުވާފައިވާ މައްސަލައިގައި އެދައުވާ އަނބުރާ ގެންދިއުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވަނިކޮށެވެ. ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ހިއުމަން ރައިޓްސް ކޮމިޝަނުން ދަޢުވާކުރަން ފޮނުވީ ޒާތީ ކަމެއްގައިކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ނަފާ ނަސީމް ވިދާޅުވީ މީހުންގެ މައްޗަށް ދައުވާ ކުރަންވާނީ ޝަރުއީ ހަމަތަކުގެ މަތީން ކަމަށާއި ދައުވާ ކުރުން ސިޔާސީ ވެގެންނުވާނެ ކަމަށެވެ. މީހެއްގެ މައްޗަށް ޕީޖީ އޮފީހުން ކުރާ ދައުވާއެއް އަނބުރާ ގެންދަން ސިޔާސީ ބޭފުޅުން ގޮވާލައިގެން ނުވާނެ ކަމަށްވެސް ނަފާ ނަސީމް ވިދާޅުވިއެވެ.
"އެއްވެސް ގައުމަކީ ސިޔާސީ ނުވަތަ ވިޔަފާރިވެރިން ނުވަތަ މުއްލާއިންގެ ނުފޫޒުން ހިނގާ ގައުމަކަށް ވެގެން ނުވާނެ،" އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވިއެެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ޒެނީޝާގެ މައްޗަށް އެދައުވާ ކޮށްގެން އޭގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އެއްވެސް ފައިދާއެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެންމެ ބުއްދިވެރިގޮތަކީ އެ ދައުވާ އަނބުރާ ގެންދިޔުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޒެނީޝާގެ ދިފާއުގައި ރައީސް ނަޝީދު ނުކުމެވަޑައިގެންފައިވާއިރު އެކަމަނާގެ ދިފާއުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ޒެނީޝާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައިގައި ޒެނީޝާގެ މައްޗަށް އެޗްއާރުސީއެމުން ކުރާ ތުހުމަތުތަކަށް އެކަމަނާ ވަނީ އިންކާރު ކުރައްވާފައެެވެ. އަދި އެފަދަ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެކަމުގެ ޔަގީންކަން ޒެނީޝާ ވަނީ ދެއްވާފައެވެ.

މީހުންގެ މައްޗަށް ދައުވާ ކުރަންވާނީ ޝަރުއީ ހަމަތަކަށް. ސިޔާސީ ވެގެންނުވާނެ. އަދި ދައުވާ އަނބުރައި ގެންދަން ސިޔާސީ މީހުން ބުނެގެން ނުވާނެ. އެއްވެސް ގައުމަކީ ސިޔާސީ ނުވަތަ ވިޔަފާރިވެރިން ނުވަތަ މުއްލާއިންގެ ނުފޫޒުން ހިނގާ ގައުމަކަށް ވެގެން ނުވާނެ ދީ؟!
— NafaNaseem (@monasibnaseem) October 29, 2021
"އެއްވެސް ގައުމަކީ ސިޔާސީ ނުވަތަ ވިޔަފާރިވެރިން ނުވަތަ މުއްލާއިންގެ ނުފޫޒުން ހިނގާ ގައުމަކަށް ވެގެން ނުވާނެ،" އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވިއެެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ޒެނީޝާގެ މައްޗަށް އެދައުވާ ކޮށްގެން އޭގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އެއްވެސް ފައިދާއެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެންމެ ބުއްދިވެރިގޮތަކީ އެ ދައުވާ އަނބުރާ ގެންދިޔުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޒެނީޝާގެ ދިފާއުގައި ރައީސް ނަޝީދު ނުކުމެވަޑައިގެންފައިވާއިރު އެކަމަނާގެ ދިފާއުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ޒެނީޝާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައިގައި ޒެނީޝާގެ މައްޗަށް އެޗްއާރުސީއެމުން ކުރާ ތުހުމަތުތަކަށް އެކަމަނާ ވަނީ އިންކާރު ކުރައްވާފައެެވެ. އަދި އެފަދަ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެކަމުގެ ޔަގީންކަން ޒެނީޝާ ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު