މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލީހުގެ ރައީސް ނުފޫޒުފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެއީ ދައުވާކުރެވިދާނެކަމެއްކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް މިހެން ވިދާޅުވީ، ކުރީގެ ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށް ދައުވާ ކޮށްދިނުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ފޮނުވާފައިވާ މައްސަލައިގައި އެދައުވާ އަނބުރާ ގެންދިއުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އިހުމާލުވާނަމަ ދައުވާކުރުމަކީ އެފަރާތަތައް ޒިންމާދާރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލީހުގެ ރައީސް ނުފޫޒުފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވީ ރައީސް ނަޝީދުގެ މި އަމަލުފުޅަކީ ރަސްމީ ހައިސިއްޔަތުން މީހަކު ވާޖިބު އަދާކުރުމުގައި، ދައުލަތުގެ މުވައްޒަފަކު ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން މުވާޞަލާތެއް ހިންގިކަމުގެ ތުހުމަތު ކުރެވިދާނެކަމެއްކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ޒެނީޝާގެ މައްޗަށް އެދައުވާ ކޮށްގެން އޭގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އެއްވެސް ފައިދާއެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެންމެ ބުއްދިވެރިގޮތަކީ އެ ދައުވާ އަނބުރާ ގެންދިޔުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޒެނީޝާގެ ދިފާއުގައި ރައީސް ނަޝީދު ނުކުމެވަޑައިގެންފައިވާއިރު އެކަމަނާގެ ދިފާއުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ޒެނީޝާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައިގައި އެޗްއާރުސީއެމުން ކުރާ ތުހުމަތުތަކަށް އެކަމަނާ ވަނީ އިންކާރު ކުރައްވާފައެެވެ. އަދި އެފަދަ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެކަމުގެ ޔަގީންކަން ޒެނީޝާ ވަނީ ދެއްވާފައެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އިހުމާލުވާނަމަ ދައުވާކުރުމަކީ އެފަރާތަތައް ޒިންމާދާރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް. މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލީހުގެ ރައީސް ނުފޫޒުފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. https://t.co/IubQnAlFEO
— Ahmed Hailam (@AhmedHailam) October 29, 2021
ހައިލަމް ވިދާޅުވީ ރައީސް ނަޝީދުގެ މި އަމަލުފުޅަކީ ރަސްމީ ހައިސިއްޔަތުން މީހަކު ވާޖިބު އަދާކުރުމުގައި، ދައުލަތުގެ މުވައްޒަފަކު ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން މުވާޞަލާތެއް ހިންގިކަމުގެ ތުހުމަތު ކުރެވިދާނެކަމެއްކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ޒެނީޝާގެ މައްޗަށް އެދައުވާ ކޮށްގެން އޭގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އެއްވެސް ފައިދާއެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެންމެ ބުއްދިވެރިގޮތަކީ އެ ދައުވާ އަނބުރާ ގެންދިޔުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޒެނީޝާގެ ދިފާއުގައި ރައީސް ނަޝީދު ނުކުމެވަޑައިގެންފައިވާއިރު އެކަމަނާގެ ދިފާއުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ޒެނީޝާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައިގައި އެޗްއާރުސީއެމުން ކުރާ ތުހުމަތުތަކަށް އެކަމަނާ ވަނީ އިންކާރު ކުރައްވާފައެެވެ. އަދި އެފަދަ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެކަމުގެ ޔަގީންކަން ޒެނީޝާ ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު