މި ސަރުކާރުން ބުރިޖު އަޅަން މަސައްކަތް ނުކުރާކަމަށާއި، ބަޔަކު އުޅެނީ މިމަސައްކަތުގެ ތެރެއިން ބަދަލުގެ ގޮތުގައި ބޮޑު ލާރިގަނޑެއް ހޯދަންކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރ އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ މިސަރުކާރުން މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލުމަށް އަޅާ ބިޔަ ބްރިޖުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންދަނިކޮށް ބްރިޖުގެ ސާވޭ ކުރަން ފެށިކަމަށް އަނެއްކާވެސް ސަރުކާރުން ބުނުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅޭގޮތުން ހުޅުމާލެ ދާއިރާގެ ކައުންސިލަރ އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މި ސަރުކާރުން ބުރިޖު އަޅަން މަސައްކަތް ނުކުރާކަމަށާއި، ބަޔަކު އުޅެނީ މިމަސައްކަތުގެ ތެރެއިން ބަދަލުގެ ގޮތުގައި ބޮޑު ލާރިގަނޑެއް ހޯދަންކަމަށެވެ.

ބްރިޖު އެޅުމަށްޓަކައި ބައެއް ސާވޭތައް ފެށުނުކަމަށް ބުނާ ވާހަކަތަކަށް އިޝާރާތްކުރައްވައި ޝުޖާއު ވިދާޅުވީ މިސަރުކާރުގެ ވެެރިކަމުގެ ދައުރު ނިމޭއިރުވެސް އެ ސާރވޭ ނުނިމޭނެކަމަށެވެ. އަދި މިސަރުކާރުން އުޅެނީ ރައީސް ޔާމީން ބްރިޖެއް އެޅީތީ ބްރިޖެއް އަޅަންކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ވިސްނުންތެރިކަމެއް މި ސަރުކާރުގައި ނެތްކަމަށް ޝުޖާއު ވިދާޅުވިއެވެ.

"‏ވެެރިކަމުގެ ދައުރު ނިމޭއިރުވެސް ތިޔަ ސާރވޭ ނުނިމޭނެ. ތިއުޅެނީ ބުރިޖު އަޅާކަށްނޫން. ބޮޑު ބަދަލެއް ރޭވުންތެރިކަމެއްގެ ތެރެއިން ހޯދަން. ރައީސް ޔާމީން ބުރިޖު އެޅިޔަތީ، ތިމާއަށް ވެސް ވާނޭކިޔާ އުޅޭތި، ބޮލުގަ ތެތްކަމެއް ނެތަސް." ޝުޖާއު ވިދާޅުވިއެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންނެވެ. މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.

6.7 ކިލޯ މީޓަރު ދިގު މި ބްރިޖާއި ކޯސްވޭ ލިންކްގައި ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު ހިމެނޭގޮތަށް ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

ނަމަވެސް މިކަމުގައި އަމަލީ އެއްވެސް މަސައްކަތެއް އަދި ފެށިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-12

ބޮޑު ވަޒީރު

31-Oct-2021

މަހިތަށް އަރައޭ މިސަރުކާރުން، ކިހާ ހަރަދެއް ކޮއްގެން ބާއޭ ކޯލިޝަންގެ ބައިވެރިން އަނގަ މަޑުން ލައިގެން މިތިބެނީ. ގައިމު އެއްވަރުވެ އަނގަ ވަރުގަދަ މީހުން ވިއްޔަ. ބަނޑަށް އަރާ ފިތާލިޔަސް އަޑެއްވެސް ގޮއްވާ ނުލާ.


8

ބޭބެ

31-Oct-2021

މީ ކޮންކަހަލް ޚަބަރެއް 140 ކިލޯ މީޓަރަކީ ގާތްގަނޑަކަށް ބުނާނަމަ 70 ނޯޓިކަލް މޭލަށްވު ދިގު ރާސްތާއެއް އެރާސްތާ ލަފާކުރެވޭގޮތުން ހުވަދު އަތޮޅުގެ މެލައިމުން ހައްދުންމަތީ ވަޑިނޮޅު ހާހިސާބު


13

އައިމިނާ

30-Oct-2021

ސުޖާ ބުނާކަށް ތިޔަހެން ހަމަ ހުރިހާ ކަމެއް.. ޑޮލަރު އަގުހެޔޮކުރާތާ ވެސް ކިތަންމެ ދުވަހެއް.. މިވެރިން ވެރިކަމަށް އެރުމާއެކު ޑޮލަރު ފަހާ ގައުމާ ރައްޔިތުންވެސް މިޖެހެނީ ދުވަން.. ތިޔަބުނާ ބްރިޖަށް ވާހެން ހަމަ ހުރުހާ ކަމެއް.. މިކުރަނީ މިކުރަނީ... އަޅަނީ އަޅަނީ އަޅާނަން.. އެންމެ ގާބުރިއެއް ވެސް ނުބެއިންދޭ.. ޑޮލަރު އަގުހެޔޮ ކުރަން ނޭނގޭތާ ޑޮލަރާއި ނުލައި އުޅެވޭނެ ގޮތް އޮއްވާ އެކަން ކުރާކަށް ވެސް ނޭނގޭ.. ބަލަ ކަލޭނޭ މީގެ ކުރިން ވެސް އެންމެން ބޭރަށް ދިޔައީއަކީ ފައިކޭޓް ފޔރާ ޑޮލަރު އަޅައިގެނެއްނޫން.. ތިޔަ ބުނާ ވިސާ ޑެބިޓް ކާޑު ވޮލެޓަށް ލައިގެން ގޮސް އެއިން ބޭނުންވަރަކަށް ބޭރުގައި ޚަރަދު ކުރިޔަސް އެކައުންޓުގައި ލާރި ހުރީމަ ނިމުނީ.. ދެން އޭގެ ފައިދާ ބޭންކަށް ސީދާ ކުރޭ.. އެގޮތަށް ތިބުނާ ވގ ޔާމީނު ޑޮލަރު ރައްޔިތުންނަށް ބޭނުންވަރަކަށް ދިނީ.. މިހާރު ކަލޭމެން މަޑިދަށަށް އަޅައިގެން ބަންގާޅު ކުދިން އަތަށް ދީގެން ޑޮލަރު ބޮޑޫ އަގުގައި ވިއްކީމާ އޭގެން ބޭންކަކަށް ގައުމަކަށްވާ އެއް ފައިދާއެއްވެސް ނެތް.. ހުރުހާ ޑޮލަރެއް ބޮޑުއަގު ގަނެގެން ވަގުތުން ބޭރަށް.. ބަލަ ބީއެމްއެލް ޑެބިޓް ރުފިޔާ ކާޑު އޯޕަން ކޮށްލާފަ ބޭރުން ފައިސާ ނެގޭ ގޮތަށާއި ވިޔަފާރި ކުރެވޭ ގޮތަށް ދޫކޮށްލަބަލަ.. އެއްފަހަރުން ކަޅުބާޒާރު ބަންދުވީ... މީ މާބޮޑު ހިސާބެއް ޖަހައިގެން ކުރަން ޖެހޭ ކަމެއްނޫން.. ހަމަ ނުލަފާކަން ބޮޑީ.. ވައްކަން ނޫން ކަމެއް ނުކުރޭ... މީ ހަމަ ބަލާވެރިކަމެއް..