ދުވަސްތަކަކަށް ފަހު ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔުމަށް ތައިލެންޑުން ތައްޔާރުވާން ފަށައިފި އެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ޤައުމު ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ ގައުމުގެ ހޮޓާތަކާއި ކާބޯތަކެތި ވިއްކާ ފަރާތްތަކުން ވެސް މިހާރު އަންނަނީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ.
މީޑިއާތަކުން ބުނާގޮތުން ފަތުރުވެރިން އެންމެ ގިނައިން ދާ އެއް މަންޒިލަކީ ތައިލެންޑެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި، ތައިލެންޑްގެ ފަތުރުވެރިކަން ކޮވިޑުގެ ކުރިން ހުރި މިންވަރަށް އަނބުރާ ދިޔުމަށް ގިނަ ދުވަސްތަކެއް ނަގާނެއެވެ.
އެގޮތުން 2019 ވަނަ އަހަރު އެ ގައުމަށް 40 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި 2021 ވަނަ އަހަރުގެ ފުރަތަމަ 8 މަހު އެ ގައުމަށް ޒިޔާރަތްކޮށްފައިވަނީ 73،000 ފަތުރުވެރިންނެވެ. ކޮވިޑާއި ގުޅިގެން އެ ގައުމުގެ ފަތުރުވެރިކަމަށް އައި ލޮޅުމުގައި، މިއީ އެހާ މަދުން އެ ގައުމަށް ފަތުރުވެރިން ޒިޔާރަތް ކުރިކަމަށް ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ.
ފަތުރުވެރިކަން އަނބުރާ ކޮޅަށް ޖެހުމަށްޓަކައި އެ ގައުމުގެ ކަމާގުޅޭ އިދާރާތަކުން މަސައްކަތް ކުރަމުންދާއިރު ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑު ކޭސްތަކުގެ އަދަދު އަދިވެސް އުޅެނީ އެވްރެޖްކޮށް 10،000 ގައެވެ.
އެހެންނަމަވެސް 2022 ވަނަ އަހަރުގެ މެދު ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވާނެ ކަމަށް އެ ގައުމުން ވަނީ ލަފާކޮށްފައެވެ. އެގޮތުން އަންނަ އަހަރުގެ މާރޗް މަހާއި ހަމައަށް މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް އެ ގައުމުން ވަނީ ލަފާކޮށްފައެވެ.
ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ކޮވިޑް-19ގެ ނެގެޓިވް ނަތީޖާއާއެކު ތައިލެންޑްގެ ކޮވިޑުގެ ކޭސްތައް މަދު 40 ސަރަހައްދަކަށް ދަތުރުކުރެވޭނެ ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު