ޕްރޮސެކިއުޓަރ ޖެނެރަލް، ޕީޖީއަކީ މިނިވަން މުސްތަގިއްލު މަގާމެއް ކަމަށް ކަނޑައެޅީ ސިޔާސީ ވިސްނުންތަކުން ޖިނާއީ ދައުވާތަށް މިނިވަން ކުރުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގަައްރިރު އިބްރާހިމް އިސްމާއިލް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޒެނީޝާ ޝަހީދު ޒަކީއަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި މިހާރުގެ ޕީޖީ އުފުއްލަވަ ބައެއް ދައުވާ ތަކުގައި ވަރަށް ބޮޑަށް ސިޔާސީ ކުލަޖެހި ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ މައްޗަށް ދައުލަތުން ދައުވާ ކުރުމުގެ ނަމުގައި ސިޔާސީ ޑްރާމާ ކުޅެމުންދާ ކަމަށާއި ވެންޓިލޭޓަރު މައްސަލައާއި އެމްއެމްޕީއާރްސީ ޚިޔާނާތާގުޅޭ މައްސަލަތަކުގައި އުންސުރު ހަމަނުވެގެން ޕީޖީ ދައްކަވާ ބަހަނާ ތަކަކީވެސް ސިޔާސީ ނުފޫޒު ކަމަށް ގިނަބައަކު ސިފަކުރެއެވެ.
ޒެނީޝާއަށް ކުރަނީ ޒާތީ ދައުވާ ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގައި އެމްޑީޕީގެ ސިޔާސީ އިސްފަރާތްތަކުން ދަނީ ވާހަކަ ދައްކަވަމުންނެެވެ. އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަޑަައިގެންނެވި އަދި ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ، ގާނޫނު އަސާސީގައި ޕްރޮސެކިއުޓަރ ޖެނެރަލަކީ މިނިވަން މުސްތަގިއްލު މަގާމެއް ކަމަށް ކަނޑައެޅީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ވިސްނުމުން ޖިނާއީ ދައުވާތައް "މިނިވަން" ކުރުމަށް ކަމަށެވެ.
"އެއީ ސިޔާސީ ބޭނުމަށް ދައުވާ ކުރުން ހުއްޓުވުމާއި ސިޔާސީ ބޭނުމަށް ދައުވާ ތަކަށް ހުރަސް އެޅިޔަ ނުދިނުމަށެވެ." މާލޭގެ މެމްބަރު ކަންވެސް ކުރެއްވި އިބްރާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ޒެނީޝާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައިގައި އެޗްއާރުސީއެމުން ކުރާ ތުހުމަތުތަކަށް އެކަމަނާ ވަނީ އިންކާރު ކުރައްވާފައެެވެ.

QA gai Prosecutor General musthaqillu maqaamegge gothugai kan'daelhumuge beynumakee sarukaaraai majlihuge siyaasee visnumun jinaae'e dhauwaa thah minivan kurumeve.
— Maverick Ibra (@ibramandhu) October 30, 2021
E ee siyaasee beynumah dhauwa kurun huttuvumaai, siyaasee beynumah dhauwa thakah huras elhiya nudhinumasheve.
"އެއީ ސިޔާސީ ބޭނުމަށް ދައުވާ ކުރުން ހުއްޓުވުމާއި ސިޔާސީ ބޭނުމަށް ދައުވާ ތަކަށް ހުރަސް އެޅިޔަ ނުދިނުމަށެވެ." މާލޭގެ މެމްބަރު ކަންވެސް ކުރެއްވި އިބްރާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ޒެނީޝާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައިގައި އެޗްއާރުސީއެމުން ކުރާ ތުހުމަތުތަކަށް އެކަމަނާ ވަނީ އިންކާރު ކުރައްވާފައެެވެ.
ކިޔުންތެރިންގެ ހިޔާލު