ދިވެހިން ތައިލެންޑަށް ގޮސް ކަރަންޓީނުވާން ނުޖެހޭގޮތަށް އެޤައުމުން ލުއިތަކެއް ދީފިއެވެ.
މީގެކުރިންވެސް ތައިލެންޑުން ވަނީ ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކަރަންޓީންވުމަކާއި ނުލައި އެޤައުމަށް ދަތުރުކުރެވޭ ގޮތް ހަދާފައެވެ. އެގޮތުން ނެރެފައިވާ ލިސްޓަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ފަހުން ނެރުނު ލިސްޓުގައި ރާއްޖެއާއެކު 63 ގައުމަކަށް މިހާރު ވަނީ ކަރަންޓީންވުމަކާއި ނުލައި ތައިލެންޑަށް ދަތުރުކުރެވޭ ގޮތަށް ލުއި ދީފައެވެ.
ފަހުން ނެރުނު ލިސްޓުގައި އިންޑިއާއާއި ސްރީލަންކާ އަދި ޔޫރަޕްގެ ބައެއް ގައުމުތައްވެސް ހިމެނެއެވެ.
ތައިލެންޑަށް ދިއުމަށް ދިވެހިންނަށް ލުއިތަކެއް ދީފައިވާއިރު، އެ ޤައުމަކީ ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތްކުރާ ޤައުމެކެވެ. އެގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާއާއި ވިޔަފާރީގެ ބޭނުމަށް އެތައް ދިވެހިންނަށް ކޮންމެ އަހަރަކުވެސް ތައިލެންޑަށް ދަތުރުކުރެއެވެ. އަނެއްކޮޅުން ފަތުރުވެރިކަމަކީވެސް ތައިލެންޑުގެ އިޤްތިޞާދުގެ އެންމެ މައިގަނޑު އެއް ސިނާއަތެވެ.

ކިޔުންތެރިންގެ ހިޔާލު