ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމުގައި ހުންނަވަނިކޮށް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ގދ. ތިނަދޫ، ގާކުރެލި، އިބްރާޙިމް ރަޝީދުގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
2017 ވަނަ އަހަރު އިިބްރާހީމް ރަޝީދުގެ މައްޗަށް ޑައިމޯފިން މުއާމަލާތްކުރުގެ ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކޮށްފައި ވަނީ 2016، މެއި 28 ވަނަ ދުވަހުގެ މެންދަމު މަގުމަތިން އޭނާ ހުއްޓުވަން ފުލުހުން އުޅެނިކޮށް އޭނާ އެއްލާލި ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައިގަ އެވެ.
އެ މައްސަލާގައި އިބްރާހިމް ރަޝީދު ހައްޔަރުކޮށް ބަންދުކުރުމަށް ހައިކޯޓަށް ގެންދިޔުމުން، ކޯޓު އަމުރެއްނެތި ފަނޑިޔާރަކަށް ފާރަލުމަކީ ފަނޑިޔާރެއްގެ ޒާތީ ކަންކަމަށް އަރައިގަތުން ކަމަށް ކަނޑައަޅައި އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހައިކޯޓުގެ ނިންމުން ބާތިލް ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ފުލުހުން އިބްރާހިމް ރަޝީދު ބަލައިފާސް ކުރީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތެއްގެ މައްޗަށް ކަމަށް ވުމާއެކު، އެފަދަ ހާލަތެއްގައި މީހަކު ބަލައި ފާސްކުރެވޭނެކަން ހައި ކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާތަކުން އެނގޭ ކަމަށެވެ. އެހެންކަމުން އިިބްރާހީމް ރަޝީދުގެ މައްޗަށް ޑައިމޯފިން މުއާމަލާތްކުރުގެ ދައުވާ ކުރިއަށްގެންދިޔުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މަސްތުވާތަކެތީގެ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން އިބްރާހިމް ރަޝީދު ސަސްޕެންޑު ކުރި ނަމަވެސް ފަހުން ސަސްޕެންޝަން ވަނީ އުވާލާފައެވެ. އޭގެ ފަހުން އަންހެނަކަށް ގަޒުފު ކުރި ކަމަށް ބުނާ މައްސަލައެއްގައި އޭނާ މެޖިސްޓްރޭޓްކަމުގެ މަޤާމުން ވަކިކުރަން މަޖިލީހުން ފާސް ކުރީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

ކިޔުންތެރިންގެ ހިޔާލު