މިމަހުގެ 13 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް ޤަތުލުކޮށް މަރާލި އދ. ދަނގެތީ މަޝްހޫރު ވިޔަފާރިވެރިޔާ ޢުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ޝާ އަލޮމް މިއާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ މަޙްމޫދުގެ މަރުގެ މައްސަލާގައި ބަންގްލަދޭޝް އަށް ނިސްބަތްވާާ ޝާ އަލޮމް މިއާ ކިޔާ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ކޯޓުން ޖަހައިދިން ފުރަތަމަ 15 ދުވަސް ހަމަވުމުން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ދަނގެތީގެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގައި ހުރި އެރަށު ނެދުންގެއިންނެވެ. އޭނާއަކީ އެގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީއެކެވެ.
މި މައްސަލާގައި ފުލުހުން އެންމެ ފަހުން ބުނެފައިވަނީ މަޙުމޫދު މަރާލީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށެވެ. އަދި މަރާލުމަށްފަހު ބޮލާއި ފައި ގޯންޏަކުން ބަނދެ ފަޅުގޭތެރޭގައި ހުރި ވަޅަށް އެއްލާލީވެސް ޝާ އަލޮމް މިއާ އެކަންޏެވެ. އަދި މިކަމުގައި އިތުރު އެއްވެސް މީހެެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަޙްމޫދުގެ މަރާ ގުޅިގެން ފުލުހުން ވަނީ ބިދޭސީ މީހާ އުޅެމުންދިޔަ ގެ ބަލާ ފާސްކޮށް ގިނަ ހެކިތަކެއް ހޯދާފައެވެ. އެގޮތުން މަޙްމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މަޙްމޫދުގެ އަނިޔާވެރި ޤަތުލާ ގުޅިގެން ރަށުގެ ބަޔަކު ވަނީ ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުންނާ ހަވާލުކޮށްފައެވެ. ނަމަވެސް އެމީހުންނާއި މަޙްމޫދުގެ ޤަތުލާއި ގުޅުވޭނެ ހެއްކެއް މިހާތަނަށް ފެނިފައި ނުވާކަމަށްބުނެ ފުލުހުން މިހާރުވަނީ ފުލުހުންގެ ބަންދުން އެމީހުން ދޫކޮށްލާފައެވެ.
ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު