މިދިޔަ މަހުގެ 19 ވަނަ ދުވަހު ދަންޖެހިގެން މަރުވިކަމަށް ބުނާ އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕިންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފިއެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިރިހެން ނަރުހަކާ ކައިވެނިކޮށްގެން ދަރިއެއްވެސް ހުންނަ މިނަރުސް މަރުވިކަމަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލާގައި މަރުވި އަންހެން ނަރުހުގެ ފިރިމީހާ ހައްޔަރުކޮށް އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހާފައެވެ.
މޭރީގެ މަރުގެ މައްސަލައިގައި ފިރިމީހާ މާވިން ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާ ކުރުމަށްޓަކައި ވަނީ އޭނާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ހިފަހައްޓާފައެވެ. އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރާ އެ އަންހެންމީހާ ހުރީ އައިޖީއެމްއެޗްގެ ވަޒީފާ އިންވެސް ސަސްޕެންޑް ކޮށްފައެެވެ.
މޭރީގެ މަރުގެ މައްސަލާގައި ފުލުހުން ބުނީ މި މައްސަލައިގައި 29 އަހަރުގެ ފިލިޕިންސް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ އަންހެން މީހާގެ ފިރިމީހާ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަންހެން މީހާ އުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ކަމަށް ބުނެ، ރިޕޯޓް ކުރުމުން ފުލުހުން އެތަނަށް ދިއުމުގެ ކުރިން އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ މަރަކީ ދަންޖެހިގެން އަމިއްލައަށް މަރުވެފައިވާ މަރެއްނޫންކަމާއި އޭނާ މަރާލާފައި އޮތް ކަމަށް އެންމެ ބޮޑަށް ޝައްކުވީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުމުންނެވެ. މީގެއިތުރުންވެސް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެއެވެ.
މޭރީގެ މަރާ އެކު ޝައްކުތައް އުފެދިފައިވާއިރު މޭރީގެ ފިރިމީހާގެ އުޅެނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ދިވެހި ނަރުހަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު