3 ފަަނޑިޔާރެއްގެ އަޑު ކަމަށް ބުނެ ލީކުކޮށްލާފައިވާ އޯޑިއޯތަކާ ގުޅޭ ގޮތުން ޖޭއެސްސީން ނިންމި ނިންމުން ގަބޫލުނުކުރެވޭކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެއެފިއެވެ.
އެ ކޯލިޝަނުން މިހެން ބުނެފައި މިވަނީ ލީކުވި 3 ފަނޑިޔާރުންގެ އޯޑިއޯ ކަމަށްބުނާ އެ އޯޑިއޯގެ ތެރެއިން 4 ފަނޑިޔާރެއްގެ އޯޑިއޯއަކީ ސައްހަ އެއްޗެއް ނޫންކަމަށާއި، އަދި އެ އޯޑިއޯގެ ތެރެއިން އެއް ފަނޑިޔާރުގެ އޯޑިއޯ ދިމާވާކަމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެންނެވެ.
ޕީޕީއެމް/ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އޯޑިއޯތަކަކީ ސައްހަ އެއްޗެއް ނޫންކަމަށް ޖޭއެސްސީން ނިންމިޔަސް އެ ހުރިހާ އޯޑިއޯތައް ސައްހަކަން ކަށަވަރުވެފައިވާކަމަށެވެ.
އަދުރޭ ވިދާޅުވީ އޯޑިއޯތައް ތަހުލީީލު ކުރުމުގެ މަސައްކަތް ބޭރު ބަޔަކާ ހަވާލު ކޮށްގެން ކުރާނެކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ދީފައި ވަނިކޮށް ކުއްލިއަކަށް ޖޭއެސްސީން ނިންމި ނިންމުން ބަލައި ނުގަނެވޭނެކަމަށެވެ.
އަދުރޭ ވިދާޅުވީ ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލައަކީ ރައީސް ޔާމީނަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްވާ ވަރުގެ ބޮޑު މައްސަލައެއް ކަމަށާއި، ޖޭއެސްސީން އެމައްސަލަ ނުބެލުމުން ސުޕްރީމް ކޯޓުން އިސް ނަގައިގެން މައްސަލައިގެ ތެރެއަށް ވަންނަން ޖެހޭކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހުންގެ އިދާރާއަށް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން، އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުނެފައެވެ.
އެގޮތުން އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން އެނގޭ ގޮތުގައި ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހުންގެ އަޑު ދިމާނުވާކަން ކަށަވަރުވާކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ. އަދި ޤާޟީ އަލްއުސްތާޛު ޢަލީ އާދަމާއި ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީވެސް ޓެމްޕަރކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭކަމަަަށް ޖޭއެސްސީން ބުނެއެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕަރ ކޮށްފައިވާ އޯޑިއޯއެއްކަމުގައިވިޔަސް، އެ އޯޑިއޯގައިވާ އަޑާއި އެބޭފުޅާގެ އަޑާ ދިމާވާކަމަށް ފުލުހުންގެ އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އެހެންކަމުން އެ އޯޑިއޯގައި ވަނީ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑުކަމާމެދު އެ ބޭފުޅާ އިންކާރުކުރިކަމުގައިވިޔަސް، މިމައްސަލަ ކޮމިޝަންގެ އިސްނެގުމަށް ތަޙްޤީޤުކުރުމަށް ނިންމައި ތަޙްޤީޤު ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
ޖޭއެސްސީން ބުނީ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާކަމަށް ނުވަތަ އެ ޝަރީޢަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަމަށް ބުނެފައި ނުވާކަން އެކޮމިޝަނަށް ފާހަގަކުރެވޭކަމަށެވެ. ނަމަވެސް، އެ އޯޑިއޯގައި ކޯޓުގެ ޝަރީޢަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާކަމާއި، އެގޮތަށް ފަނޑިޔާރު ޢަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއީޒް ފައިދާނެގުމުގެ ފުރުޞަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގުފަހިވެގެން ދިޔަކަން އެކޮމިޝަނުން ފާހަގަކުރެއެވެ.
ޖޭއެސްސީގެ ބަޔާނުގައި ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއްކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ޞައްޙަ ނޫން އޯޑިއޯތަކާއި، އެމައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް އެކޮމިޝަނުން ވަނީ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން، ކޯޓުތަކާ ފަނޑިޔާރުންނާ ގުޅޭ ގޮތުން މީޑިއާތަކުން ޚަބަރު ލިޔުއްވާއިރު، މީޑިއާއަށް ލިބޭ މަޢުލޫމާތު އާންމުކުރުމުގެ ކުރިން އެ މަޢުލޫމާތަކީ އިތުބާރު ކުރެވޭ މަސްދަރަކުން ލިބޭ މަޢުލޫމާތުކަން ޒިންމާދާރުކަމާއެކު ކަށަވަރުކުރެއްވުމަށް އެކޮމިޝަނުން މީޑިއާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު