ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދުގެ މައްސަލައެއް ޖޭއެސްސީން ތަހުޤީޤްކުރަން ފަށައިފިއެވެ.
ޖޭއެސްސީން ބުނީ ކްރިމިނިލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދު ކްރިމިނަލް ކޯޓުގައި ބޭއްވި ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމެއްގައި ޢަމަލުކުރައްވާފައިވަނީ، ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި ޝަރީޢަތްކުރުމާއިބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނާ މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ. އަދި އެ މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާތީ، މިއަދު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 82 ވަނަ ޖަލްސާގައި މި މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
ޤާޟީ ޙަސަން ސަޢީދުގެ މައްސަލައެއް ޖޭއެސްސީން ތަހުޤީޤްކުރަން ފެށިނަމަވެސް، އެމައްސަލައިގެ އެއްވެސް ތަފްސީލެއް ނުދެއެވެ. ނަމަވެސް "ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ސީލައިފްގެ ވެރިޔާ އަހްމަދު މޫސާ ކަފާލާތުގެ ދަށުން ދޫކޮށްލި މައްސަލައެވެ.
ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު އޭނާއާ ގުޅޭ އިތުރު ދެ މައްސަލައެއް ޖޭއެސްސީން މިހާރުވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އޭނާއާމެދު އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވެއެވެ.
ކުރިން ފެމިލީ ކޯޓުގައި ހުންނެވި ހަސަން ސައީދު ފެމިލީ ކޯޓުން ކްރިމިނަލް ކޯޓަށް ބަދަލުކުރީ ޖޭއެސްސީން އޭނާގެ މައްސަލައެއް ތަހުޤީގްކުރުމަށްފަހު، ނަސޭހަތްތެރިވުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު