ނަސްރުގެ ދުވަސް ފާހަގަ ކުރަން މާލޭގެ މަގުތަކުގައި ދިދަ ޖަހަން ސަރުކާރުން އަންގާފައި ނެތް ނަމަވެސް އެދުވަސް ފާހަގަ ކުރުމަށް މާލޭގެ މަގުތަކުގައި ދިދަ ޖަހާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ނަސްރުގެ ދުވަސްހުގެ ގޮތުގައި ފާހަގަ ކުރަނީ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހެވެ. އެދުވަސް ފާހަގަ ކުރަނީ 3 ނޮވެންބަރު 1988 ގައި ދިވެހި ޚާއިނުންގެ ބަޔަކު ކުލީ ސިފައިން ގޮވައިގެން ރާއްޖެ އައިސް ވެރިރަށް، މާލެއަށް އަރައި އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ރާއްޖޭގެ އަސްކަރިއްޔާގެ މައި މަރުކަޒަށާއި ސަރުކާރުގެ ބައެއް ތަންތަނަށާއި އާންމުންނަށް އަމާޒުކޮށް ހަމަލާދީ 19 ދިވެހިން ޝަހީދު ކޮށްލި ހާދިސާއިން ސަލާމަތްވެ އެދުވަހު ލިބުނު ނަސްރު ފާހަގަކުރުމުގެ ގޮތުންނެވެ. ނަސްރުގެ ދުވަހަކީ މީގެކުރިން ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އައިސްފައިވާ ދުވަހެކެވެ.
މުޢިއްޒު މިއަދު ވިދާޅުވީ މާލޭގެ މަގުތަކުގައި ދިދަ ޖަހައި ޒީނަތްތެރި ކުރުމަށް މި ސަރުކާރުން ހަމައެކަނި އަންގާފައިވަނީ ޖުމްހޫރީ ދުވަހު އެކަނި ކަމަށެވެ. ނަމަވެސް ނަސްރުގެ ދުވަސް ފަނޑުވިޔަ ނުދިނުމަށް މާލޭގެ މަގުތަކުގައި ދިދަ ޖަހައި އެދުވަސް މާލޭ ސިޓީ ކައުންސިލުން ފާހަގަކުރާނެ ކަމަށް މުޢިއްޒުވަނީ ވިދާޅުވެފައެވެ.
"ސަރުކާރުން އެދިފައިނުވިނަމަވެސް، މާލެ ސިޓީ ކައުންސިލުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުމަތީގައި ދިދަޖެހުން. ސަރުކާރުން އެދިފައިވަނީ ޖުމްހޫރީ ދުވަހު އެކަނި ދިދަޖަހަން." މާލޭގެ މަގުތަކުގައި ދިދަޖަހަމުން ގެންދާ ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކުރަށްވަމުން ޑރ. މުޢިއްޒު ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން މާލޭގެ މޭޔަރު ވަނީ ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަށްވާފައެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ރިޓަޔާޑް ސިފައިންގެ އޮފިސަރުންނާއި ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންނާއި އަމިއްލަ ފަރުދުން، އެފަރާތްތަކުގެ އަމިއްލަ ހައިސިއްޔަތުން ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެކި ކަހަލަ ޝުޢޫރުތައް ފާޅުކުރަށްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން އެދިފައިނުވިނަމަވެސް، މާލެ ސިޓީ ކައުންސިލުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުމަތީގައި ދިދަޖެހުން. ސަރުކާރުން އެދިފައިވަނީ ޖުމްހޫރީ ދުވަހު އެކަނި ދިދަޖަހަން. ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން. pic.twitter.com/KWU4Gmvhqk
— Dr Mohamed Muizzu (@MMuizzu) November 3, 2021
މީގެއިތުރުން މާލޭގެ މޭޔަރު ވަނީ ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަށްވާފައެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ރިޓަޔާޑް ސިފައިންގެ އޮފިސަރުންނާއި ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންނާއި އަމިއްލަ ފަރުދުން، އެފަރާތްތަކުގެ އަމިއްލަ ހައިސިއްޔަތުން ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެކި ކަހަލަ ޝުޢޫރުތައް ފާޅުކުރަށްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު