މިއަދު ފާހަގަކުރާ ރާއްޖޭގެ ނަސްރުގެ ދުވަހުގެ ޚާއްޞަ މެސެޖާއެކު ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު، އެމްޑީޕީ ތަފާތު ގޮތަކަށް ސިފަކުރަށްވައިފިއެވެ.
ސަރުކާރުން ރަސްމީކޮށް ކުލަގަދަ ގޮތެއްގައި މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ނުކުރި ނަމަވެސް ގިނަ ބަޔަކު އަމިއްލަ ހައިސިއްޔަތުން މީސް މީޑިއާގައި އެކަން ފާހަގަ ކުރުމަށް ތަފާތު މެސެޖުތަކާއި ގައުމީ ޝުޢޫރުތައް ފާޅުކުރަމުން ގެންދާއިރު ޑރ. ޖަމީލު މި މުހިންމު މުނާސަބާގައި ވެސް ދެއްވާފައި ވަނީ ވަރަށް ތަފާތު މެސެޖެކެވެ.
ޑރ. ޖަމީލުގެ މެސެޖު ފަށްޓަވަމުން ވިދާޅުވެފައިވަނީ މިއަދު (ނަސްރުގެ ދުވަހު) ހަނދާންކޮށްދެނީ ދިވެހިންގެ ތެރޭގައި އަބަދުވެސް ޚާއިނުން ތިބޭކަން ކަމަށެވެ. އަދި އެތައް ބަޔަކު ޝަހީދުވެ ދަނީ މި ފަސްގަނޑު މިނިވަން ކުރުމަށް ކަމަށް ވެސް ޖަމީލު ފާހަގަ ކުރަށްވާފައި ވެއެވެ.
އެއަށްފަހު ޖަމީލުގެ މެސެޖުގައި ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާ ދެއްވާފައި ވަނީ މިހާރުގެ ދިފާޢީ ވަޒީރު، މާރިޔާ އަހުމަދު ދީދީ އަށެވެ. ބޭރުގެ ސިފައިންނަށް ރާއްޖެ ހިފިދާނެ ކަމަށް ބުނާ ވަޒީރުންގެ ގޮތުގައި ޖަމީލުގެ މެސެޖުގައި ސިފަކުރަށްވާފައި އެވަނީ ދިފާޢީ ވަޒީރު، މާރިޔާގެ ވާހަކަ ކަމަށް ވެލެވެއެވެ. ޖަމީލު އެފާހަގަ ކުރަށްވަނީ، އިންޑިއާގެ މީޑިއާއަކަށް މާރިޔާ ދެއްވި ބަސްދީ ގަތުމެއްގައި، އިންޑިއާ ސިފައިން ބޭނުން ނަމަ ރާއްޖެއަށް ހަތިޔާރާއެކު އަރާ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެފައިވާ ބަސްފުޅަށް ކަމަށް ބެލެވެއެވެ.
"ބޭރު ސިފައިންނަށް ރާއްޖެ ހިފިދާނެ ކަމަށް ބުނާ މިނިސްޓަރ އަދި ބޭރު ސިފައިން ތިބުމަށް ވަކާލާތުކުރާ އެމްޑީޕީއަކީ އެދުވަހުގެ ޚާއިނުން ފަދަ ޣައްދާރު ބައެއް. މިއަދު ދަސްކުރަންވީ އެންމެ ބޮޑު ފިލާވަޅަކީ މިއީ." ޑރ. ޖަމީލު ވިދާޅުވެފައި ވެއެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހި ޚާއިނުންގެ ބަޔަކު ލަންކާގެ ކުލީ ސިފައިން ގޮވައިގެން އައިސް މާލެއަށް އަރައި ދިން ހަމަލާތަކުގައި 19 ދިވެހިން ވަނީ ޝަހީދު ވެފައެވެ. މިދުވަސް މީގެ ކުރިން ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އައިސްފައި ވީނަމަވެސް އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ނަސްރުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ނުކުރާ ކަމަށްބުނެ އިދިކޮޅު ސިޔާސީ ވާދަވެރިން އޭރުވެސް އެމްޑީޕީއަށް ފާޑުކިޔާފައި ވެއެވެ. އަދި ނަސްރުގެ ދުވަހާއި ގުޅުވައިގެން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ރާއްޖޭގެ އަސްކަރިއްޔާއާއި މުހާތަބުކުރަށްވައި ބަދުބަސްތައް ވިދާޅުވަމުން ގެންދަވާތީ ގިނަ ބައެއްގެ ފާޑުކިއުން އަބަދުވެސް އެމްޑީޕީއަށް އަމާޒުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މިއަދު ހަނދާންކޮށްދެނީ ދިވެހިންގެ ތެރޭގައި އަބަދުވެސް ޚާއިނުން ތިބޭކަން. އެތައް ބަޔަކު ޝަހީދުވެދަނީ މިފަސްގަނޑުގެ މިނިވަންކަމަށްޓަކާކަން.
— Mohamed Jameel Ahmed (@MJameelAhmed) November 3, 2021
"ބޭރު ސިފައިންނަށް ރާއްޖެ ހިފިދާނެ ކަމަށް ބުނާ މިނިސްޓަރ އަދި ބޭރު ސިފައިން ތިބުމަށް ވަކާލާތުކުރާ އެމްޑީޕީއަކީ އެދުވަހުގެ ޚާއިނުން ފަދަ ޣައްދާރު ބައެއް. މިއަދު ދަސްކުރަންވީ އެންމެ ބޮޑު ފިލާވަޅަކީ މިއީ." ޑރ. ޖަމީލު ވިދާޅުވެފައި ވެއެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހި ޚާއިނުންގެ ބަޔަކު ލަންކާގެ ކުލީ ސިފައިން ގޮވައިގެން އައިސް މާލެއަށް އަރައި ދިން ހަމަލާތަކުގައި 19 ދިވެހިން ވަނީ ޝަހީދު ވެފައެވެ. މިދުވަސް މީގެ ކުރިން ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އައިސްފައި ވީނަމަވެސް އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ނަސްރުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ނުކުރާ ކަމަށްބުނެ އިދިކޮޅު ސިޔާސީ ވާދަވެރިން އޭރުވެސް އެމްޑީޕީއަށް ފާޑުކިޔާފައި ވެއެވެ. އަދި ނަސްރުގެ ދުވަހާއި ގުޅުވައިގެން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ރާއްޖޭގެ އަސްކަރިއްޔާއާއި މުހާތަބުކުރަށްވައި ބަދުބަސްތައް ވިދާޅުވަމުން ގެންދަވާތީ ގިނަ ބައެއްގެ ފާޑުކިއުން އަބަދުވެސް އެމްޑީޕީއަށް އަމާޒުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު