ނަޞްރުގެ ދުވަހު ދިވެހިންނަށް ހަނދާން އާކޮށްދެނީ، އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ޤައުމު ނެރެންޖެހޭކަން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަސްެރުގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައެވެެ. ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަމާއި އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ގައުމު ނެރެންޖެހޭ ކަން ކަމަށެވެ. ރާއްޖޭގައި ނަސްރުގެ ދުވަސް ފާހަގަކުރަނީ ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ގުރުބާނީއެއްގެ ހަނދާންތައް އާ ކޮށްދެމުން ކަމަށް ރައީސް ސޯލިޙު ވިދާޅުވި އެވެ.
"މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ޤައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ.އެ ބޭފުޅުން އެ ދުވަހު މި ޤައުމަށް ދެއްކެވި ޤައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެ، އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެކެވެ." ރައީސްގެ ޚިތާބުގައިވެއެެވެ.
ރައީސް ވިދާޅުވީ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން ކަމަށާއި ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށެވެ.
ރައީސް ސާލިޙު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަތިހުގެ ވަގުތަކީ ބަޑީގެ ނުރައްކާތެރި އަޑުފަށްގަނޑާއެކު، ބިރުވެރި އެތައް ވާހަކަތަކެއް ފެތުރެމުންދިޔަ ވަގުތެއް ކަމަށާއި، އެ ހެނދުނަކީ، ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަމާޒުވެ، ޝަހީދުވި ސިފައިންނާއި މުވާޠިނުންގެ ޚަބަރުތައް، ޤައުމަށް ފެތުރެމުންދިޔަ ހިތްދަތި ހެނދުނެއް ކަމަށެވެ. އަދި ދެންވާނެ ގޮތަކާމެދު ހުރިހާ ރައްޔިތުންވެސް ނުހަނު ކަންބޮޑުވެ ހާސްވެފައި ތިބި ވަގުތުގައި ދިވެހި ރައްޔިތުން އުއްމީދު ކަނޑައެއް ނުލާ ކަމަށާއި، ދިވެހި ޢަސްކަރިއްޔާއަށް އޮތް އިތުބާރު ވެސް ދެމެހެއްޓި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިނެވެ. ޤާނޫނީ ސަރުކާރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވިއެވެ. އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި ހެދީ، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި ޢަޤީދާއެވެ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ދުވަހު ބައިނަލްއަގްވާމީ ދުނިޔެ ރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއް ކަމަށް އެމަނިކުުފާނު ވިދާޅުވިއެވެ. ޚާއްޞަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން ޢަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ޙައްޤު ޝުކުރު އަދާކުރަން ޖެހޭކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު