ރާއްޖޭގައި އިންޑިޔާ ސިފައިން ބޭނުންކުރާ ހެލިކޮޕްޓަރުގެ ސަބަބުން 250 ދިވެހިންގެ ފުރާނަ ސަލާމަތް ކޮށްދެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، ރާއްޖެއިން އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް އިޝާރަތް ކުރައްވައި ޓީވީ ޕްރޮގުރާމެއްގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުންނެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ނަމަވެސް އެމީހުން އެއްވެސް ހަތިޔާރެއް ނުގެންގުޅޭނެ ކަމަށެވެ. އިންޑިޔާގެ ހެލިކޮޕްޓަރާއި ޑޯނިއާ ވެސް އުދުހޭނެ ކަމަށާއި، އެހެން ނަމަވެސް އެތަކެތި ބޭނުންކުރެވޭނީ ދިވެހި އަސްކަރިޔާގެ ހުއްދަ ލިބިގެން އެ ފަރާތްތަކާއި ހަވާލު ކުރާ ޓާސްކެއް ފުރިހަމަ ކުރުމަށް އެކަނި ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާ ތަކެއްވޭ ހެލިކޮޕްޓަރުގެ ސަބަބުން، 250 އަށް ވުރެ ގިނަ ލައިފް (ފުރާނަ) އަޅުގަނޑު އައިފަހުން އެމީހުން ދިވެހި ލައިފް ސޭވް (ސަލާމަތް) ކޮށްފި، ހަމަ އެކި އެކި ހާލަތުގައި އެމީހުން ފުލައި (އުދުހިގެން) ކޮށްގެން އެގޮތަށް އެމީހުން އެ މަސައްކަތް ކޮށްދީފި." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ނަމަވެސް މިނިވަންކަމާއި އިސްތިގުލާލަށް ކުޑަވެސް ބުރުލެއް ނާރާނެ ކަމަށެވެ. އަދި ދިވެހިންނަކީ ބަޔަކު ދައްކާހާ ވާހަކައެއް ގަބޫލު ކުރާ "ސޭކު" ބައެއް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖޭގެ ދިފާއީ ބާރުގެ އިންތިޒާމުތައް ވަރަށް ރަނގަޅަށް ހަމަޖެހިފައިވާ ކަމަށާއި ދެން ރާއްޖެއަށް އުދުވާނީ ހަމަލާއެއް ދޭން ދަތިވާނެ ކަމަށެވެ. އެގޮތުން އުޅަނދުފަހަރުތަކުގައި ޓްރެކިން ޑިވައިސްތައް ވެސް ހަރުކޮށްފައިވާ ކަމަށާއި، އުޅަނދެއް ވަނަސް ކޯސްޓްގާޑަށް އެނގޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ 10 ސަރަހައްދެއްގައި ރޭޑާތައް ހުރިއިރު، އެ ރޭޑާތައް ހުންނާނީ ވެސް ރާއްޖެއަށް ވަންނަން އޮންނަ މައި 10 ކަނޑުއޮޅިތަކުގައި ކަމަށާއި ރޭޑާތައް މެދުވެރިކޮށް އެ ސަރަހައްދުތައް ބަލަހައްޓަމުން ދާކަމަށް މާރިޔާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


23

އަލިބެ

05-Nov-2021

ތިވެހިސަރުކަރުއައި ދިވެހިސިފައިނނައި އަދިފުހުނނައި މިއިންއެއްވެސް ބަޔަކު ދިވެހިރައްޖެގެސަލަމަތައިރައްކަތެރިކަމައް ބުރުއަރަނެ އަދިއެއްވެސް ބެރުބަޔަކަތް މިގައުމުގެއެއްވެސްބަރެތް ހަސަކޮތްދިވެހިސިފައިން ދުކޮތްލަނެކަމަކައް އަލުގަނދުގަބުއުލެއް ނުކުރަން


14

ދުރުމި

05-Nov-2021

ޣައްދާރެއް ،ޚާއިނެއް،މުނާފިގެއް