އަތޮޅުތެރޭގެ ރަށްރަށުގައި ގެދޮރު ބިނާކުރުމަށާއި ގެދޮރު މަރާމާތު ކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ "ގެދޮރުވެރިޔާ ލޯން ސްކީމް" އަށް 200 އަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަޞްލަމް ވިދާޅުވީ "ގެދޮރުވެރިޔާ ލޯން ސްކީމް" އަކީ މިހާރު ލިބެން ހުރި ލޯންތަކާ އަޅާބަލާއިރު 2 ބައިކުޅަ އެއްބައި އިންޓްރެސްޓް ކުޑަ ލޯނެއްކަމަށެވެ. އަދި ސަރުކަރުގެ އަމާޒަކީ މި ލޯން ސްކީމް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން ގެދޮރު ބޭނުންވާ ރަށްތައް ދެނެގަތުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށާއި 50 ރަށެއްގައި ގެދޮރަށް ބޭނުންވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.
"ރަށްރަށް ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރަމުން މިދަނީ. ރަށްރަށުގައި އަޅާނީ ހުސް އެއްވައްތަރެއްގެ ހައުސިންއެއް ނޫން. ޖާގަ ހުރިވަރަކަށް ގެދޮރު އަޅާދޭނީ." މިނިސްޓަރ އަޞްލަމް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ލޯން ސްކީމްގެ ދަށުން ދޫކުރާނީ މަޝްރޫޢުގެ ޖުމުލަ ޢަދަދުގެ 80 އިންސައްތައަށްވާ ފައިސާއެވެ. އަދި ބާކީ 20 އިންސައްތައަކީ ލޯނުނަގާ ފަރާތުގެ ހިއްސާއެވެ. އެ 20 އިންސައްތައަކީ މަޝްރޫޢަށް ކޮށްފައިވާ ޚަރަދާއި ގަނެފައިވާ ތަކެތި ނުވަތަ ގޯތީގައި ބޭނުންކުރާ ޢިމާރާތް އަދި ހުސް ބިމެއް ނަމަ، އެ ބިމުގެ ގޮތުގައި ވެސް އަގުކުރެވިދާނެއެވެ. މި ސްކީމްގެ ދަށުން ގިނަވެގެން ނެގޭނީ 7 ލައްކަ ރުފިޔާއެވެ. މި ލޯނު އަނބުރާ ދެއްކުމަށް 15 އަހަރާއި 20 އަހަރުގެ މުއްދަތެއް ދީފައިވެއެވެ. މިލޯނަކީ 6 އިންސައްތަ އިންޓްރަސްޓް ރޭޓުގައި ދޫކުރާ ލޯނެކެވެ.
"ގެދޮރުވެރިޔާ ލޯން ސްކީމް" އިފްތިތާޙްކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުގެ 14 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު