މާލެ ސިޓީގެ ރައްޔިތުން އިންތިޚާބުކުރާ ސިޓީ ކައުންސިލެއް މާލެއަށް ބޭނުން ނުވާކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އާންމު ގޮތެއްގައިވެސް ރައްޔިތުންގެ ވިސްނުމާއި ދެކޮޅަށް ވާހަކަދައްކަވާ މެމްބަރެއްގެ ގޮތުގައި ފާހަގަވެފައިވާ އިކްރާމް ހަސަން، މާލެއަށް ލޯކަލް ކައުންސިލެއް ބޭނުންނުވާކަމަށް ވިދާޅުވެ ވާހަކަ ދެއްކެވީ ކީއްވެގެންކަމެއް ނޭނގެއެވެ.
އިކްރާމް މިއަދު ވިދާޅުވީ މައި ސަރުކާރު ހިންގާ ސިޓީގައި ސިޓީ ކައުންސިލެއް އޮންނާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މައި ސަރުކާރުން އެ ސިޓީއެއް ހިންގުންކަމަށާއި މާލެ އޭރިއާއަށް ސިޓީ ކައުންސިލެއް ބޭނުމެއް ނުވާނެކަމަށެވެ.
މައި ސަރުކާރުން ރަށްތައް ހިންގުމުގެ ބަދަލުގައި ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކުން ސިޓީތަކާއި ކައުންސިލްތައް ހިންގުމަކީ އެމްޑީޕީގެ ލާމަރުކަޒީ ވިސްނުމުގެ ތެރެއިން ތައާރަފްވެގެންދިޔަކަމެކެވެ. އަދި ރައީސް ސާލިހުވެސް ގެންދަވަނީ ލާމަރުކަޒީ ނިޒާމް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ލާމަރުކަޒީ ގާނޫނު ފާސްކޮށް އެނިޒާމުގެ ދަށުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އިންތިޚާބުކޮށް ލާމަރުކަޒީ އުސޫލުން ރާއްޖެ ވެރިކަމުގެ ނިޒާމު ހިންގަންފެށިފަހުން ވެރިކަން ކުރާ މާލޭގެ ސިޓީ ކައުންސިލްގެ މެޖޯރިޓީއާއި ސިޓީގެ މޭޔަރުކަން އެމްޑީޕީއަތުން ގެއްލުނީ މިފަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަންޏެވެ. ސަރުކާރުން ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީއާއި މޭޔަރުކަން އެމްޑީޕީއަށް ގެއްލުނު ނަމަވެސް ސިޓީ ކައުންސިލަށް އެއްބާރުލުންދީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ނަމަވެސް ލާމަރުކަޒީ ނިޒާމާއި ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އިކްރާމް ވާހަކަދެއްކެވީ ކީއްވެގެންކަމެއް ނޭނގެއެވެ. ނަމަވެސް އޭނާއަކީ އަބަދުވެސް މިފަދަ ވާހަކަތައް ދައްކަވައިގެން މީޑިއާގެ ސަމާލުކަން ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ވީއައިޕީގެ ހިދުމަތާއެކު މަޖިލިސް މެންބަރުންނަށް ކުޅިބަލަން ދަނޑަށް ވަދެވަޑައިނުގެންނެވިގެން ޝަކުވާކުރަށްވައިގެންނާއި، ކޯވިޑް ސާމްޕަލް ނެގި ނަރުހަކާއި ދިމާލަށް އަޑު ހަރުކޮށް ވާހަކަދައްކައިގެން މެމްބަރު އިކްރާމަށް ވަނީ މީޑިއާގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ.

Mai sarukaaru hingaa city ga emme maslahath ragalhu gothakee mai sarukaarun e city hingun. Greater Male' areaga city councileh beynumeh nuvey.
— Ikram Hassan MP (@ikramhassan) November 3, 2021
މައި ސަރުކާރުން ރަށްތައް ހިންގުމުގެ ބަދަލުގައި ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކުން ސިޓީތަކާއި ކައުންސިލްތައް ހިންގުމަކީ އެމްޑީޕީގެ ލާމަރުކަޒީ ވިސްނުމުގެ ތެރެއިން ތައާރަފްވެގެންދިޔަކަމެކެވެ. އަދި ރައީސް ސާލިހުވެސް ގެންދަވަނީ ލާމަރުކަޒީ ނިޒާމް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ލާމަރުކަޒީ ގާނޫނު ފާސްކޮށް އެނިޒާމުގެ ދަށުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އިންތިޚާބުކޮށް ލާމަރުކަޒީ އުސޫލުން ރާއްޖެ ވެރިކަމުގެ ނިޒާމު ހިންގަންފެށިފަހުން ވެރިކަން ކުރާ މާލޭގެ ސިޓީ ކައުންސިލްގެ މެޖޯރިޓީއާއި ސިޓީގެ މޭޔަރުކަން އެމްޑީޕީއަތުން ގެއްލުނީ މިފަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަންޏެވެ. ސަރުކާރުން ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީއާއި މޭޔަރުކަން އެމްޑީޕީއަށް ގެއްލުނު ނަމަވެސް ސިޓީ ކައުންސިލަށް އެއްބާރުލުންދީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ނަމަވެސް ލާމަރުކަޒީ ނިޒާމާއި ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އިކްރާމް ވާހަކަދެއްކެވީ ކީއްވެގެންކަމެއް ނޭނގެއެވެ. ނަމަވެސް އޭނާއަކީ އަބަދުވެސް މިފަދަ ވާހަކަތައް ދައްކަވައިގެން މީޑިއާގެ ސަމާލުކަން ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ވީއައިޕީގެ ހިދުމަތާއެކު މަޖިލިސް މެންބަރުންނަށް ކުޅިބަލަން ދަނޑަށް ވަދެވަޑައިނުގެންނެވިގެން ޝަކުވާކުރަށްވައިގެންނާއި، ކޯވިޑް ސާމްޕަލް ނެގި ނަރުހަކާއި ދިމާލަށް އަޑު ހަރުކޮށް ވާހަކަދައްކައިގެން މެމްބަރު އިކްރާމަށް ވަނީ މީޑިއާގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު