7 އަހަރުގެ ހަސަން އަލްމާން ސުޖާއަކީ "އައިލެންޑް ބޯއީ"ގެ ގޮތުގައި މިހާރު މަޝްހޫރުވެފައިވާ ރާއްޖޭގެ ކުޑަކުއްޖެކެވެ. މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގެ ތެރެއިން އަލްމަންއަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ. އޭނާގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަތައް އޭނާއަށް މިހާރު އެނގޭ މިންވަރު މުޅި ދުނިޔެއަށް އިއްވައި ދުނިޔޭގެ ލީޑަރުންގެ ސަމާލުކަމަށް އެކަން ގެނައުމެވެ.
އެގޮތުން އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސްގައި އޭނާގެ މެސެޖެއް މުޅި ދުނިޔެއަށް އިއްޔެ ވަނީ އިއްވާދީފައެވެ. އަލްމާންގެ މެސެޖު ދުނިޔޭގެ ލީޑަރުންނަށް ވާސިލްކޮށްދިނީ، ކޮޕް ސަމިޓުގެ ތެރެއިން އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާއެކު ބޭއްވި އުފާވެރި ވަގުތުކޮޅުގެ ތެރެއިންނެވެ.
"އަޅުގަނޑުމެން ސަލާމަތްކުރޭ. އަޅުގަނޑުމެންގެ ޖަރީރާ ގައުމު ސަލާމަތްކުރޭ. އަޅުގަނޑުމެންގެ ދުނިޔެ ސަލާމަތްކުރޭ،" މުޅި ދުނިޔެއަށް އިނގިރޭސި ބަހުން ދިން މެސެޖުގައި އަލްމާން ބުންޏެވެ.
އަލްމާންގެ މެސެޖަށްފަހު އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އަލްމާންގެ މެސެޖު ދުނިޔޭގެ ލީޑަރުންނަށް ފޯރައި، ސާފުވެވަޑައިގެންނެވިކަން ޔަޤީންކަމަށެވެ.
7 އަހަރުގެ އަލްމާންއަކީ މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 1 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އަދި ދުނިޔޭގެ ސަމާލުކަމަށް އޭނާއައީ ތިމާވެއްޓާއި ގުޅޭގޮތުން ވިލިމާލޭގައި ނެގި ވީޑިއޯއެއް ޔޫއެންޖީއޭ ރައީސް އަދި އަބްދުﷲ ޝާހިދުގެ އެކައުންޓުން ޓުވީޓްކުރެއްވުމުންނެވެ.
މި ވީޑިއޯ އާއްމުވުމުން އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވެސް ވަނީ އަލްމާންއާ ބައްދަލުކުރައްވައިފައެވެ.

What a fitting end to my visit to Glasgow.
— UN GA President (@UN_PGA) November 3, 2021
Thank you Alman for letting me see the possibilities to #Deliver4Climate at #COP26 "Green Zone" through your eyes.
We owe it to the world's 1.8 billion youth to "save my planet" as Alman says.
#IslandBoyAlman#PresidencyOfHope pic.twitter.com/jcjd3kxcOX
އަލްމާންގެ މެސެޖަށްފަހު އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އަލްމާންގެ މެސެޖު ދުނިޔޭގެ ލީޑަރުންނަށް ފޯރައި، ސާފުވެވަޑައިގެންނެވިކަން ޔަޤީންކަމަށެވެ.
7 އަހަރުގެ އަލްމާންއަކީ މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 1 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އަދި ދުނިޔޭގެ ސަމާލުކަމަށް އޭނާއައީ ތިމާވެއްޓާއި ގުޅޭގޮތުން ވިލިމާލޭގައި ނެގި ވީޑިއޯއެއް ޔޫއެންޖީއޭ ރައީސް އަދި އަބްދުﷲ ޝާހިދުގެ އެކައުންޓުން ޓުވީޓްކުރެއްވުމުންނެވެ.
މި ވީޑިއޯ އާއްމުވުމުން އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވެސް ވަނީ އަލްމާންއާ ބައްދަލުކުރައްވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު