ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓުތަކަށް އަމާޒުކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް އިވެންޓް ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލަންޑަނަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން، ޑަބްލިއުޓީއެމަށް މި ވަޑައިގެންނެވީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ މި އަހަރުގެ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26) ގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ. މިއީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ދިވެހި ދަޢުލަތުގެ ވެރިޔެއް މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޑަބްލިޔުޓީއެމް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ އެންމެ ބޮޑު ފެއަރއެވެ. މިއަހަރުގެ ފެއަރގައި އެކި ޤައުމުތަކުން ފަސް ހާހަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާބެހޭ މާހިރުންނާއި ދާއިރާގެ އިސް ބޭފުޅުނާއި ނޫސްވެރިންވެސް ހިމެނެއެވެ.

އިނގިރޭސިވިލާތުގައި މި ފެއަރ ކުރިއަށްދާއިރު، އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މާކެޓެވެ.



ކިޔުންތެރިންގެ ހިޔާލު


2

ބޭބެ

05-Nov-2021

ބޭކާރު ބޮޑު ޚަރަދެއް ރައްޔިތުން މިއުޅެނީ އަގަޔާއި އަތާއި ދިމާނުވެގެން ގްލާސްގޯގެ ކޮޕް 26 އަކީ އެއްވެސް މުހިންމު ނިންމުމެއް ނިންމުނު ތަނެއްނޫން މިފަދަ 26 ވަނަ ބައްދަލުވުމާއި ހަމައަށް ދިޔައިރު ކުރެވުނުކަމެއް ޙަރާމް ޤައުމާއި ރައްޔިތުން ސަލާމަތް ކޮށްދިނުންއެދި އާދޭސް ދެންނެވީ އެކަމުގެ ކުޅަދާނަކަމެއްނެތް އިންސާނުންތަކަކަށް ޢާލަމްތަކުގެވެރި ކޮންމެ ކަމަކަށް ކުޅަދުން ވަންތަ ﷲ ގެ މަތިން ހަދުމަކޮށް ސަލާމަތަށްއެދި އެއިލާހަށް ދެންނެވިނަމަ ކިހާރަނގަޅުވީސް