އަހުމަދު މަސްނޫމް   4 ނޮވެމްބަރު 2021 - 16:37
ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ މިސްކިތް އަލުން ހުޅުވައިފިއެވެ.

މާލެ ހުކުރު މިސްކިތުގައި އަލިފާނުގެ ހާދިސާއެއް ހިނގީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭގައެވެ. އެ ހާދިސާ ހިނގީ ހުކުރު މިސްކިތުގައި ކަރަންޓު ސޯޓެއްވެގެންނެވެ. ނަމަވެސް މި ޙާދިސާގައި ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިހާދިސާއަށްފަހު މަރާމާތުކުރުމަށް މިސްކިތް ބަންދުކުރިއެވެ.

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް މަރާމާތުކުރުމަށްފަހު މިއަދު ވަނީ މިސްކިތް އަލުން ހުޅުވާފައެވެ. މިސްކިތް ހުޅުވާފައިވަނީ މިއަދުގެ ފަތިސްނަމާދަށްފަހުއެވެ.

މާލޭ ހުކުރު މިސްކިތް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް މީގެކުރިންވެސް މަސައްކަތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު