މިދިޔަ އޮގަސްޓްމަހު މާލެ އަތޮޅު ރަސްފަރި ފަރަށް އެރި ބޯޓު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ އިސްތިއުނާފްކޮށްފިއެވެ.
ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް، ބޯޓު ރަސްފަރި ފަރަށް އަރާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ. މި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލަކީ 893،736،800 ރުފިޔާ ކަމަށް އީޕީއޭއިން ކަނޑައަޅާފައި ވީނަމަވެސް، ފަރަށް ލިބޭ ގެއްލުމަށް 100 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ޖޫރިމަނާ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަދުކަމަށްވާ 100 މިލިއަން ރުފިޔާ 30 ދުވަސް ތެރޭގައި ދައްކައި ހަލާސްކުރުމަށް ބޯޓުގެ ވެރި ފަރާތަށް ވަނީ އަންގައިފައެވެ.
ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އީޕީއޭއިން ނިންމާ ނިންމުންތައް އެންވަޔަރަމެންޓް މިނިސްޓަރަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮވެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ 100 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ އެ ބޯޓުގެ ވެރިފަރާތުންް އިސްތިއުނާފު ކުރަން އެންވަޔަރަމެންޓް މިނިސްޓަރަށް ހުށަހަޅައިފައިވާކަމަށެވެ.
ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް، ބޯޓު ރަސްފަރި ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނަސަންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން އިންޖީން ނިއްވާލުމުން ބޯޓު އޮޔާގޮސްގެންނެވެ. ނަމަވެސް ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އޮތްކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު