އަހުމަދު މަސްނޫމް   4 ނޮވެމްބަރު 2021 - 19:39
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުޤީޤަށް ހޯދާ މީހަކު ނުފެނިގެން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދުމަށް އިއުލާންކޮށްފައިވަނީ ކ. މާލެ، ހ. ވެލަސްފަރުގެ، އަޙްމަދު ޝާމިން (38އ)އެވެ. ފުލުހުން އޭނާ ހޯދަމުންދަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއެވެ.

މީގެއިތުރުން އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން އޭނާ ހޯދަން އިޢުލާން ކުރީ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.



ފުލުހުންގެ އިޢުލާނުގައި، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ނުވަތަ ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް މިމަހުގެ 15 ވަނަ ދުވަހުގެ 12:00 އަށް ހާޒިރުވާން އަޙްމަދު ޝާމިނަށް ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު