ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ދިރިއުޅުއްވުން ހޮޓެލް ޖެންއަށް ބަދަލުކޮށް ފިނޭންސް މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރުމަކީ ބޮޑު އިސްރާފެއް ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ދިރިއުޅުއްވުން ހޮޓެލް ޖެންއަށް ބަދަލުކުރީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ސަލާމަތީ ސަބަބުތަކަކަށްޓަކައެވެ. މާލޭގެ އެންމެ އަގު ބޮޑު އެއް ހޮޓަލުގައި ރައީސް ނަޝީދު ހުންނެވުމަށާއި ސަލާމަތީ ކަންކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރާއިރު އެ ޚަރަދުތަކުގެ ތަފްސީލް އާންމުނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުރުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮށްފައިވާ ވަރަށް ބޮޑު އިސްރާފެއް ކަމަށާއި، އެފައިސާ އެމަނިކުފާނުގެ މުސާރައާއި އިނާޔަތުން އަނބުރާ ހޯދަން ޖެހޭނެ ކަމަށެވެ. ރައީސް ނަޝީދަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ނަމުގައި ރަޢްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ކުރެވިގެން ނުވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
"އަގުބޮޑު ހޮޓަލެއްގައި ބެހެއްޓުމަށްވުރެ ސިފައިންގެ މަރުކަޒުގައި ރައީސް ނަޝީދު ބެހެއްޓި ނަމަ ރައްކާތެރިކަން ބޮޑުވެފައި ޚަރަދުވެސް ކުޑަވީސް." މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް ދެެއްކެވި ވާހަކަތަކަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވެސް ވަނީ ތާއިދުކުރައްވާފައެވެ. ޒައިދު ވިދާޅުވީ ސަރުކާރުން ވެސް ގޯސް ކަމެއް ކޮށްފިނަމަ އެ ވާހަަކައެއް ދައްކަންޖެހޭކަމަށެވެ. އެގޮތަށް ދައުލަތުގެ ފައިސާ އިސްރާފު ނުކޮށް ކިތައް އާއިލާއަށް ފުލެޓް ހޯދަން އެހީވެވުނީސްތޯ ޒައިދު ވަނީ ސުވާލުކުރައްވާފައެވެ.
"ބޮޑު މުސާރައާއި އިނާޔަތް ލިބޭ ބޭފުޅަކު އަދިވެސް ޚަރަދު ކުރެވޭވަރު މަދީތޯ؟" ޒައިިދު ސުވާލު ކުރެއްވިއެވެ.
ގާނޫނު މިހާރު އޮންނަގޮތުން މަޖިލީހުގެ ރައީސްގެ ޚަރަދުތަށް ބަލަހައްޓަންޖެހެނީ މަޖިލީހުގެ އިދާރާ އިންނެވެ. ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނަވަނީ ގާނޫނަށް ބަދަލު ގެނެސް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ޖެހޭ ކަަމަށް ނިންމައި ވަގުތީ ގެކޮޅު މަރާމާތު ކުރެވެންދެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ރައީސަށް ހާއްސަކުރާ މުރައިދޫގޭގެ މަރާމާތުތައް މި މަހުގެ 14 އަށް ނިމޭނެ ކަމަށް، ސިފްކޯއާ ހަވާލާދީ ޕްލޭނިންގ މިނިސްޓްރީން ބުނެ އެވެ. މަޖިލީހުގެ ރައީސަށް މިހާރު ހިނގާ ހޭދަ ފިނޭންސް މިނިސްޓްރީގެ ބަޖެޓުން ކުރާ ގޮތަށް ހަމަޖައްސާފައިވާތީ، މަޖިލީހުގެ އިދާރާއިން އެ މައުލޫމާތު ހާމައެެއް ނުކުރެއެެވެ.

މިއީ ރަޢްޔިތުންގެ ޓެކްސް ފައިސާ އިން ކޮށްފައިވާ ވަރަށް ބޮޑު އިސްރާފެއް. މި ފައިސާ @MohamedNasheed ގެ މުސާރަ އާއި ޢިނާޔަތުން ނަގަން ޖެހޭ.
— Dr.Mohamed Iyaz (@dr_iyaz) November 4, 2021
"އަގުބޮޑު ހޮޓަލެއްގައި ބެހެއްޓުމަށްވުރެ ސިފައިންގެ މަރުކަޒުގައި ރައީސް ނަޝީދު ބެހެއްޓި ނަމަ ރައްކާތެރިކަން ބޮޑުވެފައި ޚަރަދުވެސް ކުޑަވީސް." މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް ދެެއްކެވި ވާހަކަތަކަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވެސް ވަނީ ތާއިދުކުރައްވާފައެވެ. ޒައިދު ވިދާޅުވީ ސަރުކާރުން ވެސް ގޯސް ކަމެއް ކޮށްފިނަމަ އެ ވާހަަކައެއް ދައްކަންޖެހޭކަމަށެވެ. އެގޮތަށް ދައުލަތުގެ ފައިސާ އިސްރާފު ނުކޮށް ކިތައް އާއިލާއަށް ފުލެޓް ހޯދަން އެހީވެވުނީސްތޯ ޒައިދު ވަނީ ސުވާލުކުރައްވާފައެވެ.
V bodah thiya bas fulhah thaayd kuran! Sarukaarun viyas goas kameh kohfi nama ekameh ge vaahaka dhakkan jehey! Migothah faisaa israaf nukoh kithah aailaa ah flat hadhan ves eheevevunees thoa?! Bodu musaarayaa inaayai libey beyfulhunnah adhives kharad kureveyvaru madhythoa?!
— Ali Zaid (@alizaid1000) November 4, 2021
"ބޮޑު މުސާރައާއި އިނާޔަތް ލިބޭ ބޭފުޅަކު އަދިވެސް ޚަރަދު ކުރެވޭވަރު މަދީތޯ؟" ޒައިިދު ސުވާލު ކުރެއްވިއެވެ.
ގާނޫނު މިހާރު އޮންނަގޮތުން މަޖިލީހުގެ ރައީސްގެ ޚަރަދުތަށް ބަލަހައްޓަންޖެހެނީ މަޖިލީހުގެ އިދާރާ އިންނެވެ. ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނަވަނީ ގާނޫނަށް ބަދަލު ގެނެސް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ޖެހޭ ކަަމަށް ނިންމައި ވަގުތީ ގެކޮޅު މަރާމާތު ކުރެވެންދެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ރައީސަށް ހާއްސަކުރާ މުރައިދޫގޭގެ މަރާމާތުތައް މި މަހުގެ 14 އަށް ނިމޭނެ ކަމަށް، ސިފްކޯއާ ހަވާލާދީ ޕްލޭނިންގ މިނިސްޓްރީން ބުނެ އެވެ. މަޖިލީހުގެ ރައީސަށް މިހާރު ހިނގާ ހޭދަ ފިނޭންސް މިނިސްޓްރީގެ ބަޖެޓުން ކުރާ ގޮތަށް ހަމަޖައްސާފައިވާތީ، މަޖިލީހުގެ އިދާރާއިން އެ މައުލޫމާތު ހާމައެެއް ނުކުރެއެެވެ.
ކިޔުންތެރިންގެ ހިޔާލު