ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމަށް އެމަރުކަޒު ހިންގާނެ އާ އިމާރާތެއް އަޅަންޖެހޭ ކަމަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެެ.
އަލީ ޒައިދު މިހެން ވިދާޅުވީ ކީރިތީ ޤުރުއާނާބެހޭ މަރުކަޒު ހިންގާ ޢިމާރާތް ވީރާނާވަމުންދާތީ އެކަމާ މެދު އޮތް ކަންބޮޑުވުންތައް ހިއްސާކުރައްވަމުންނެވެ. ޝެއިހް ޒައިދު ވިދާޅުވީ ޤުރްއާނާ ބެހޭ މަރުކަޒު ރަނގަޅު ކުރުމަށް ވީރާނާވެފައިވާ އެޢިމާރާތް ތަޅާލައި އާ ޢިމާރާތެއް އަޅަންޖެހޭ ކަމަށެވެެ. އަދި ގުރުއާނާއި ބެހޭ އާ މަރުކަޒެއް އެޅުމުގެ މަސައްކަތް އަވަސް ކުރަންޖެހޭ ކަމަށް ޒައިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދުނިޔެވީ އޮފީސް ހިންގަންވީމާ ބޮޑެތި އަރާމު ތަންތަން އެޅޭއިރު ﷲ ގެ ފޮތަށް ޚާއްޞަ މަރުކަޒަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭ!" ޒައިދު ވިދާޅުވިއެެެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ހިންގުމުގެ ބޮޑު އިންސައްތައެއް ހަރަދުކުރަނީ ޒަކާތު ފަންޑުންނެވެ. ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހުޅުވި މި ސެންޓަރުން އަންނަނީ ސެޓްފިކެޓް ލެވެލުން ފެށިގެން ޑިގްރީ ލެވަލްގެ ކޯސްތައް ވެސް ހިންގަމުންނެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒު ވަރަށް ބޮޑަށް ބާވެ ވީރާނާވަމުންދާއިރުވެސް އަޅާނުލައި ދޫކޮށްލާފައިވާ ކަމުގެ ވާހަކަތައް މީޑިއާތަކުގައި ފެންމަތިވެފައިވާއިރު މާލޭގައި މިހާރު ގާއިމުކޮށްފައިވާ ސަލްމާ މިސްކިތް ނިމޭއިރު އެ މިސްކިތުގެ އިމާރާތުގައި އިސްލާމްދީނާއި ގުޅޭ ކަންކަން ހިންގައި ކުރިއަރުވައި ހިންގާނެ އޮފީސްތައް ހުންނާނެ ކަމަށް ކުރީގެ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

ޤުރްއާނާ ބެހޭ މަރުކަޒު ރަނގަޅު ކުރުމަށް ފުރަތަމަވެސް ވީރާނާވެފައިވާ އެޢިމާރާތް ތަޅާލައި އާ ޢިމާރާތެއް އަޅަންޖެހޭ! އަޅުގަނޑުމެން ދުނިޔެވީ އޮފީސް ހިންގަންވީމާ ބޮޑެތި އަރާމު ތަންތަން އެޅޭއިރު ﷲ ގެ ފޮތަށް ޚާއްޞަ މަރުކަޒަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭ! މިކަން އަވަސްކުރަންޖެހޭ!
— Ali Zaid (@alizaid1000) November 4, 2021
"އަޅުގަނޑުމެން ދުނިޔެވީ އޮފީސް ހިންގަންވީމާ ބޮޑެތި އަރާމު ތަންތަން އެޅޭއިރު ﷲ ގެ ފޮތަށް ޚާއްޞަ މަރުކަޒަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭ!" ޒައިދު ވިދާޅުވިއެެެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ހިންގުމުގެ ބޮޑު އިންސައްތައެއް ހަރަދުކުރަނީ ޒަކާތު ފަންޑުންނެވެ. ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހުޅުވި މި ސެންޓަރުން އަންނަނީ ސެޓްފިކެޓް ލެވެލުން ފެށިގެން ޑިގްރީ ލެވަލްގެ ކޯސްތައް ވެސް ހިންގަމުންނެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒު ވަރަށް ބޮޑަށް ބާވެ ވީރާނާވަމުންދާއިރުވެސް އަޅާނުލައި ދޫކޮށްލާފައިވާ ކަމުގެ ވާހަކަތައް މީޑިއާތަކުގައި ފެންމަތިވެފައިވާއިރު މާލޭގައި މިހާރު ގާއިމުކޮށްފައިވާ ސަލްމާ މިސްކިތް ނިމޭއިރު އެ މިސްކިތުގެ އިމާރާތުގައި އިސްލާމްދީނާއި ގުޅޭ ކަންކަން ހިންގައި ކުރިއަރުވައި ހިންގާނެ އޮފީސްތައް ހުންނާނެ ކަމަށް ކުރީގެ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު