ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސަރުކާރުން ކުރާ ހަރަދުތަކަކީ ބޭކާރު ހަރަދުތަކެއްކަމަށް ބުނެ ދައްކާ ވާހަކަތަކަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ފާޑު ވިދާޅުވެ ރައްދު ދެއްވައިފި އެވެ.
އަލްހާން އެކަމަށް ފާޑުވިދާޅުވެ ރައްދު ދެއްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ދިރިއުޅުއްވުން ހޮޓެލް ޖެނަށް ބަދަލުކޮށް ފިނޭންސް މިނިސްޓްރީގެ ބަޖެޓުން އެކަމަށް ޚަރަދުކުރުމަކީ ބޮޑު އިސްރާފެއް ކަމަށް ބުނެ ޑރ. މުހައްމަދު އިޔާޒާއި ޝައިހް އަލީ ޒައިދު ދެއްކެވި ވާހަކަފުޅާއި ގުޅިގެނެވެ.
ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮށްފައިވާ ވަރަށް ބޮޑު އިސްރާފެއް ކަމަށާއި، އެފައިސާ އެމަނިކުފާނުގެ މުސާރައާއި އިނާޔަތުން އަނބުރާ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ނަމުގައި ރަޢްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ކުރެވިގެން ނުވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އަލްހާން ފަހްމީ ވިދާޅުވީ ދައުލަތުގެ ސަލާމަތީ ބާރުތަކުން ރައީސް ނަޝީދަށް ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ ޚަރަދަކީ މިއަދު ދިވެހި ދައުލަތުން ކުރަންޖެހޭ ޚަރަދެއްކަމަށެވެ. އަދި ޑރ އިޔާޒު އެފަދަ ވާހަކަތައް ދައްކަވަނީ ދައުލަތް އޭގެ ޙަޤީޤީ މާނައިގާ އެނގިވަޑައި ނުގަންނަވާތީ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
ގާނޫނު މިހާރު އޮންނަގޮތުން މަޖިލީހުގެ ރައީސްގެ ޚަރަދުތައް ބަލަހައްޓަންޖެހެނީ މަޖިލީހުގެ އިދާރާއިންނެވެ. ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނަވަނީ ގާނޫނަށް ބަދަލު ގެނެސް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ޖެހޭނެކަަމަށް ނިންމައި ވަގުތީ ގެކޮޅު މަރާމާތު ކުރެވެންދެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ރައީސަށް ހާއްސަކުރާ މުރައިދޫގޭގެ މަރާމާތުތައް މި މަހުގެ 14 އަށް ނިމޭނެ ކަމަށް، ސިފްކޯއާ ހަވާލާދީ ޕްލޭނިންގ މިނިސްޓްރީން ބުނެ އެވެ. މަޖިލީހުގެ ރައީސަށް މިހާރު ހިނގާ ހޭދަ ފިނޭންސް މިނިސްޓްރީގެ ބަޖެޓުން ކުރާ ގޮތަށް ހަމަޖައްސާފައިވާތީ، މަޖިލީހުގެ އިދާރާއިން އެ މައުލޫމާތު ހާމައެެއް ނުކުރެއެެވެ.

ދައުލަތުގެ ސަލާމަތީ ބާރުތަކުން @MohamedNasheed އަށް ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ ޚަރަދަކީ މިއަދު ދިވެހި ދައުލަތުން ކުރަންޖެހޭ ޚަރަދެއް!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) November 4, 2021
ޝައިޚުގެ ތިޔަހެން ވިދާޅުވަނީ #ދައުލަތް އޭގެ ޙަޤީޤީ މާނައިގާ އެނގިވަޑައި ނުގަންނަވާތީ ކަމަށް ދެކެން ! https://t.co/S6uMoF0Z5w
ގާނޫނު މިހާރު އޮންނަގޮތުން މަޖިލީހުގެ ރައީސްގެ ޚަރަދުތައް ބަލަހައްޓަންޖެހެނީ މަޖިލީހުގެ އިދާރާއިންނެވެ. ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނަވަނީ ގާނޫނަށް ބަދަލު ގެނެސް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ޖެހޭނެކަަމަށް ނިންމައި ވަގުތީ ގެކޮޅު މަރާމާތު ކުރެވެންދެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ރައީސަށް ހާއްސަކުރާ މުރައިދޫގޭގެ މަރާމާތުތައް މި މަހުގެ 14 އަށް ނިމޭނެ ކަމަށް، ސިފްކޯއާ ހަވާލާދީ ޕްލޭނިންގ މިނިސްޓްރީން ބުނެ އެވެ. މަޖިލީހުގެ ރައީސަށް މިހާރު ހިނގާ ހޭދަ ފިނޭންސް މިނިސްޓްރީގެ ބަޖެޓުން ކުރާ ގޮތަށް ހަމަޖައްސާފައިވާތީ، މަޖިލީހުގެ އިދާރާއިން އެ މައުލޫމާތު ހާމައެެއް ނުކުރެއެެވެ.
ކިޔުންތެރިންގެ ހިޔާލު